ދީން

ކިޔެވުމާއި މަސައްކަތުގައި ވެސް ކާމިޔާބު އެދޭނަމަ ހެނދުނުގެ ބަރަކާތް ލިބިގަތުމުގެ މުހިންމުކަން

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށް އެދި ދުޢާ ކުރައްވައިފައެވެ.

Ads by STELCO

اللهم بارك لأمتى فى بكورها

މާނަ:" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަން ކަލޭގެފާނުގެ އުންމަތަށް އެ އުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވައިފާނދޭވެ!" صحيح ابن حبان. މި ޙަދީޘްފުޅުގެ އެއް ރާވީ ކަމުގައިވާ صخر الغامديއަކީ ވިޔަފާރިވެރިއެކެވެ. މި ޙަދީޘްފުޅަށް ޢަމަލުކުރެއްވުމުގެ ގޮތުން صخر الغامدي ވިޔަފާރި ޤާފިލާއެއް ރަށަކަށް ފޮނުވާ ނަމަ، ފޮނުވަނީ ހެނދުނުގެ ވަގުތުގައެވެ. މިގޮތަށް صخر الغامدي ޢަމަލުކުރެއްވުމުގެ ސަބަބުން އެކަލޭގެފާނުގެ މާލީ ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަކަމުގައި މި ޙަދީޘްފުޅުގެ އެހެން ރާވީއެއް ކަމުގައިވާ عُمارةُ بنُحَديد ވިދާޅުވެފައިވެއެވެ. މި ވަގުތުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ބަރަކާތްލެއްވިފައިވާ ފަދައިން މި ވަގުތުގައި ކުރެވޭ ޢިލްމީ މަސައްކަތްތަކުގައި ވެސް ބަރަކާތްލެއްވިގެންވެއެވެ. ހެނދުނު ވަގުތުތަކުގައި ފިލާވަޅު ދަސްކުރުމުން، އެފިލާވަޅު އަވަހަށް ދަސްވެ، ހަނދާނުގައި ހުންނާނެއެވެ. އެހެނީ އިންސާނާގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރަނީ ދުވަހުގެ ކުރީކޮޅުގައެވެ. އަދި އިންސާނާގެ މަޢްނަވިއްޔާތު އެންމެ ވަރުގަދަކޮށް ހުންނަނީ ދުވަހުގެ ކުރީކޮޅުގައެވެ.

ފަތިސްނަމާދު ޖަމާޢަތުގައިކޮށް، އިރު އަރަންދެން ޛިކުރުކުރަން އިނުމުގެ މާތްކަން ބަޔާންކުރައްވަމުން ރަސޫލާ صلى الله عليهوسلم ޙަދީޘް ކުރެއްވި އެވެ . ((مَنْ صَلَّى الغَدَاةَ فِيجَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّصَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ)) رواه الترمذي و حسنه الألباني 

މާނައީ: “ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށް ޓަކައި އިނުމަށް ފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ.”

ހެނދުނުގެ ވަގުތުތަކުގައި ޛިކުރުކުރުމުގެ ސަބަބުން ތިބާއަށް ލިބޭ ތާޒާކަން މުޅި ދުވަހަށް ދެމިގެންދާނެއެވެ. ހެނދުނުގެ ނާސްތާ ނެގުމުން ތިބާގެ ޖިސްމަށް ހަކަތަ ލިބޭ ފަދައިން، ހެނދުނުގެ ވަގުތުގައި ޛިކުރުކޮށް، ޤުރުއާން ކިޔެވުމުން ތިބާގެ ހިތާއި ރޫހަށް ދިރުން ލިބި، އުފެއްދުންތެރި ދުވަހަކަށް މަގުކޮށިގެންދެއެވެ.

ދުވަހުގެ ކުރީކޮޅު މާތް ގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިކޮށްދެނިވި ކަންކަމުގައި މަޝްޣޫލުވާށެވެ. އޭރުން މުޅި ދުވަސް މާތް އަށް ކިޔަމަންތެރިކަން އަދާކުރުން މަތީ ހޭދަކުރުމުގެ ތައުފީޤު ލިބިގެންދާނެއެވެ. ޢަރަބި ހަރުބަހެއްގައިވެއެވެ.

يومك مثل جملك إن أمسكت أوله تبعكآخره

ތިބާގެ ދުވަސް ތިބާގެ ޖަމަލު ފަދައެވެ. އޭގެ ކުރީގައި(ޖަމަލު އައްސައިފައި އޮންނަ ވާގަނޑުގައި) ހިފަހައްޓައިފި ނަމަ، އޭގެ ފަހަތް ވެސް ތިބާ ބޭނުންވާ ގޮތަށް ތިބާއަށް ތަބާވެގެން އާދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!