އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ފުލުހުން ރޫޅައިލައިފި، ބައެއް މީހުންނަށް އަނިޔާވެއްޖެ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ މަގުމަތީގައި މިރޭ ކުރި މުޒާހަރާ ފުލުހުން ހުއްޓުވަައި ރޫޅައިލައިފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އެ މުޒާހަރާ ރޫޅައިލީ، މުޒާހަރާ ކުރަން ނުދޭނެ ކަމަށް ބުނުމަށް ފަހުގައެވެ.
ނަމަވެސް ފުލުހުން މުޒާހަރާ ރޫޅައިލައިފައި ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެ، ދެ މީހަކު ފަރުވާ ދޭން ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި މުޒާހަރާ ކަވަރކުރަން އުޅުނު ނޫސްވެރީން ވެސް ހިމެނެއެވެ.
އިދިކޮޅު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ ފުލުހުން މިރޭ އަމަލުކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުން ލާއިންސާނީ ގޮތަކަށް ކަމަށާއި ފުލުހުންގެ އަނިޔާވެރި އެ އަމަލުގެ ސަބަބުން އަނިޔާވި ދެ އަންހެނަކަށް މިހާރު ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެން މިރޭ ކުރިއަށް ގެންދާ އެ މުޒާހާރައަކީ ފިޔަވަތީގެ ހާލަތު ބޮއްސުންލައިގެން ދިއުމާ ގުޅިގެން ބާއްވަން އިއުލާނު ކުރި މުޒާހަރާއެއް ނަމަވެސް މުޒާހަރާއެކެވެ. މުޒާހަރާގެ ބައިވެރީން ވަނީ ކުދީންނަށް ރައްކާތެރިކަން ހޯދައިދިނުމަށާއި އިންސާފު ގާއިމް ކުރުމުގެ އިތުރުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ގޮވައިލައިފައެވެ.