ކޮވިޑަށް މިއަދު ރާއްޖެއިން ފައްސިވީ އިތުރު 82 މީހުން

ރާއްޖެއިން މިއަދު އިތުރު 82 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 29 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 47 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 6 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 83،576 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 81،671 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 21 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 229 މީހުން ނިޔާވެފައިވެއެވެ.