ސަރުކާރު

އަލީ ވަހީދުގެ ތުހުމަތުތަކަށް ސަރުކާރުން ރައްދު ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ ހަވާލުވި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ކެބިނެޓްގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދު ދެއްވައިފިއެވެ.

Ads by STELCO

އިނގިރޭސިވިލާތުގައި ހުންނަވައިގެން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނެގި މީހުންގެ ތެރޭގައި އެމްޑީޕީގެ އޭރުގެ އެންމެ އިސް 5 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ހިމެނޭ ކަމަށެވެ. އެމީހެއްގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ، އެ ބުނާ ބޭފުޅަކު ކަޅު ދަބަހެއްގައި 35 މިލިޔަނަށް ވުރެ ގިނަ ފައިސާ ގެންގޮސްފައިވާ ކަމަށެވެ. އެއީ ކާކުތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޞާލިޙްގެ ނަންފުޅު ވެސް ފުރަތަމަ އޮތް ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ނަން ލިސްޓުން އުނި ކުރެއްވީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ކަޅު ދަބަސް އުފުލި ރައީސް ޞާލިޙު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަޙްޤީޤީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުޙައްމަދު ރިޔާޒު" އަލީ ވަހީދު ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ، އަލީ ވަހީދު ދައްކަވައިފައި ވަނީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ.

"ރައީސް ކޮމްޕްރޮމައިޒް ވާ ފަދަ ހެކިތަކެއް އަލީ ވަހީދުގެ އަތުގައި ހުރިކަމަށް ކުރިން ދެއްކި ވާހަކައާ ގުޅިގެން ވެސް ވަނީ އެ މަނިކުފާނު ޖަވާބު ދެއްވާފައި. އެފަދަ އެއްޗެއް ހުރިއްޔާ ދައްކަވާށޭ އޭރު ވެސް ވިދާޅުވި. މިއަދު ވެސް ބުނަން އޮތީ ހަމަ އެހެން. ހެކި ހުރިއްޔާ ދައްކަވާށޭ" މަބްރޫކް ވިދާޅުވިއެވެ.

އަލީ ވަހީދު ރޭގައި ތުހުމަތު ކުރައްވައިފައި ވަނީ ރައީސް ޞާލިޙްއާ އެމްއެމްޕީއާރްސީގެ ފައިސާއިން 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ "ކަޅު ދަބަހެއްގައި" ހަވާލު ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. ސަރުކާރުން ވަނީ އަލީގެ މި ހުރިހާ ވާހަކައެއް ދޮގު ކުރައްވައިފައެވެ

  1. ޒާހިރު،،،،،150

    މަބުރޫކުތިޔައުޅުއްވަނީރައިސްސޯލިހުއާމިވަގައްއާސަރުކާރުހިމާޔައްކުރައްމަބުރޫކުތިބޭފުޅާވެސްތިއައީއިތުރުފުޅުހައްދަވާބޭފުޅެއްކއްއޮތީމުޅިދިވެހިރާއްޖެއައްއެގިފަ

  2. ދޮންބެ

    ހިންނަވަރު ނޫރާނީގޭ އިބްރާހީމް މުހައްމަދު ޞާލިހަށް ރައީސްކަން ނުލިބޭއިރު ހިނގާފަ ހުރި ކަންތައްތަކަކަށް އިބްރާހީމް މުހައްމަދު ޞާލިޙްގެ ދިފާއުގަ ރައީސް އޮފީހުގެ ތަރުޖަމާނު ޖަވާބުދާރީ ވާކަށް ނުޖެހޭ. އެއީ އެބޭފުޅާގެ ޒާތީ ކަމެއް. އެކަންތައްތަކަށް ޖަވާބުދާރީ ވާން ޖެހޭނީ އަމިއްލައަށް. ނޫސްވެރިން މަބުރޫކާ ސުވާލު ކުރާކަށްވެސް ނުޖެހޭ. މަބްރޫކާ ކޮން ބެހޭކަމެއް.

    • ހަހަ

      ހާދަ ވަރެއް ތިޔާވި… އެޔޮތީ ޖަވާބު ދީފަ… ދެން ހޭކެޑެބަލަ…