ސަރުކާރު

ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓުތަކުގެ ކުލި 5000 ރުފިޔާއަށް ހަދަންޖެހޭ: ސަލީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓުތަކުގެ ކުލި 5،000ރުފިޔާއަށް ކުޑަކޮށްދޭން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި "ހިޔާ މަޝްރޫޢު"ގެ ދަށުން ގާއިމްކުރި ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އެންމެ ފުރަތަމަ ހަމަޖައްސައިފައި އޮތީ 5،600 ރުފިޔާ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ.އަދި ސާވިސް ފީގެ ގޮތުގައި 1،000ރ.އާ އެކު މަހަކު 8،500ރ. ނަގަން މި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުވުމާ ގުޅިގެން ފްލެޓުތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ "ހިޔާ ޔޫނިއަން"އިން ކަންބޮޑުވުން ފާޅުކޮށް ކުލި ކުޑަކޮށްދިނުމަށް ސަރުކާރަށް ވަނީ އެތައް ފަހަރެއް މަތިން ގޮވައިލައިފައެވެ. އަދި އެކަަމަށް އެދި އެ ޔޫނިއަނުން ވަނީ ޕެޓިޝަނެއް ވެސް މަޖިލީހަށް ހުށަހަޅައިފައެވެ.

ހިޔާ ޔޫނިއަނުން ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ކަމާގުޅުން ހުރި އިދާރާތަކާ ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރު ސަލީމް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުވީ މަޝްރޫއުގައި ހިޔާނާތް އޮތުމުން ކަމަށެވެ.

"5،000ރ.ވެސް ބޮޑު އިނގޭތޯ ދައްކަން. މި ކަހަލަ ކުޑަކުޑަ ކޮށްޓަކަށް ވަންނައިރު 5،000ރ. ދައްކަން މި ޖެހެނީ އަދި އަތުން އެތައް ހަރަދެއް ކޮށްފައި" މެންބަރު ސަލީމް ވިދާޅުވިއެވެ.

މެންބަރު ސަލީމް ވިދާޅުވީ، ހުސް ފާރުތަކެއް ހުރި ތަނެއް ބޮޑު ކުލީގައި ނިކަމެތި ރައްޔިތުންނަށް ދިނުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

Ads by Allied Insurance
  1. ފް؛ލެޓް ކޮތަރުކޮށި

    2023 ގާތްވާ ވަރަކަށް ކަރަށް ނާރު އަރާނެ! ރައްޔތިުން ގާތަށްދޯ ދެންވެސް އަންނަން ޖެހޭނީ!