ސަރުކާރު

ދައުލަތުން ހޯދަން އެދުނީ 29 މިލިއަން ރުފިޔާ، ލިބުނީ 11،000ރ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

ދައުލަތަށް އަނބުރާ ހޯދުމަށް 2020ވަނަ އަހަރު އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 11،000 ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

Ads by STELCO

އޭސީސީއިން އާންމުކުރި އެ އިދާރާގެ މިދިޔަ އަހަރު އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި އެކިއެކި މައްސަލަތަކުގައި ދައުލަތަށް 29،158،155ރ. ލިބެންޖެހެއެވެ. ނަމަވެސް އެ މައްސަލަތަކުން އަނބުރައި ހޯދިފައި ވަނީ 11،000 ރުފިޔާއެވެ.

މީގެ އިތުރުން، ފައިސާގެ މުއާމަލާތް ހިމެނޭ ހަތް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ކަމަށާއި އެ މައްސަލަތަކުގައި 197،527،046 ރުފިޔާ ހިމެނޭ ކަމަށް ވެސް އަހަރީ ރިޕޯޓުގައި ވެއެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހެނީ 485،193 ރުފިޔާ ކަމަށްވީ ނަމަވެސް އޭގެ ތެރެއިން ޝަރީއަތް މެދުވެރިކޮށް ދައުލަތަށް އެއްވެސް ފައިސާއެއް ހޯދިފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި މީގެ އިތުރުން ބުނެފައި ވަނީ، ނިމިދިޔަ އަހަރު 938 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކުރި ކަމަށާއި އޭގެ ތެރެއިން ޕީޖީ އޮފީހަށް ފޮނުވަން ނިންމީ އެންމެ 10 މައްސަލަ ކަމަށެވެ. ނަމަވެސް 15 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު، 15 މައްސަލައެއް ވަނީ އަނބުރާ އޭސީސީއަށް ފޮނުވައި ވެސް ލައިފައެވެ.

އަނބުރާ ފޮނުވައިލި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ރަށްރަށުގެ ކައުންސިލްތަކަށެވެ. އެގޮތުން އެ ކައުންސިލްތަކާ ގުޅޭ 243 މައްސަލައެއް ހުށަހަޅައިފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ސަރުކާރު ކުންފުނިތަކާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެވެ. އެފަދަ 204 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކުރީ ހެލްތު މިނިސްޓްރީއަށް ރައްދުވާ މައްސަލަތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!