Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޝަރުޢީ ދާއިރާ

އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

މިދިޔަ ހުކުރު ދުވަހު އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ.

މި ހަމަލާއާ ގުޅިގެން އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި، މި ހަމަލާގައި ޒަހަމްވި މީހާ އިއްޔެގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް