Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުވައްމުލަކު ޒުވާނެއް އޯވަޑޯޒްވެގެން މަރުވެއްޖެ

ފުވައްމުލަކު ޒުވާނެއް އޯވަޑޯޒްވެގެން މަރުވެއްޖެއެވެ.

“ދެން”އަށް މައުލޫމާތު ދެއްވި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މަރުވި ޒުވާނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނެއް ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރުމުން އޭނާއަށް ނޭވާލުމުގެ މައްސަލަތަކާ ދިމާވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން ކުރީން ވެސް ހޮސްޕިޓަލުން ފަރުވާ ހޯދައިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ 21 އަހަރުގެ ފިރިހެނެކެވެ. މިރޭ 9:30ކަންހާއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅިގެން ކަމާބެހޭ އިދާރާއަކުން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް