Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މޫސުން ގޯސްވެ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮޮރެންޖް ސަމާލު ނެރެފި

މޫސުން ގޯސްވެ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮޮރެންޖް ސަމާލު ނެރެފި
މޫސުން ގޯސްވެ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު 10:00އިން މެންދުރު 12:30އާ ހަމައަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވާ ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ، އެ ވަގުތު ތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އޮރެންޖް ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސު މާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން. ▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން. ▪︎ ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން. ▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން. ▪︎ ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން. ▪︎ އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން. ▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތުތަކަށް ރައްޔިތުން ސަމާލުވުން.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް