Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއަރޮލޮޖީ ސަރވިސް(މެޓް އޮފީހުން) ބުނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާ ކަމަށާއި އެ ސަރަޙައްދުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު 06:25އިން ފެށިގެން 12:00އާ ހަމައަށެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި, ގަޑިއަކު ގާތްގަޑަކަށް 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ލެޓް އޮފީހުން މަޢުލޫމާތުދެއެވެ.

Advertisement
Ooredoo — Square (box)

އޭގެ އިތުރުން ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް