Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަސްދަރު ހާމަކުރުވާ މާއްދާއަކީ އުފެދުމުގައި ވެސް ބާތިލު މާއްދާއެއް: ނިޝާން

މަސްދަރު ހާމަކުރުވާ މާއްދާއަކީ އުފެދުމުގައި ވެސް ބާތިލު މާއްދާއެއް: ނިޝާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ، ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތް މާއްދާ އެއީ ބާތިލު މާއްދާއެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފި ނަަމަ ނޫސްވެރިން ޝާއިޢުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ވަކީލު ނިޝާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ހުށަހަޅައިފައިވާ ހެއްކާ ބެހޭ ބިލުގެ 136ގައި ނޫސްވެރިޔާ ، މަސްދަރު ޝަރީއަތަށް ހާމަކުރުމަށް މަޖުބޫރު ކުރެވޭނެ ދެ ހާލަތެއް ބަޔާންކޮށްފައި އޮތުމުން އެކަން ގާނޫނު އަސާސީގެ 2 ވަނަ މާއްދާއާ ތައާރުޒުވާ ކަމަށެވެ. އެހެންކަމުން އެކަން ވާނީ 268ގެ ދަށުން ބާތިލު އެއްޗަކަށް ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް