ޚަބަރު ސަރުކާރު

ރާއްޖޭގެ ތާރީޚުގައި ވެސް މީހުން ބިނާކުރުމަށް އެންމެ ބޮޑު ހޭދައެއްކުރީ މި ސަރުކާރުން: މިނިސްޓަރ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ރާއްޖޭގެ ތާރީހުގައި މިހާތަނަށް މީހުން ބިނާކުރުމަށާއި، މަތީ ތައުލީމް އުގަންނައި ދިނުމަށް ނުކުރާވަރުގެ ބޮޑެތި ހޭދަތަކެއް މިސަރުކާރުން މިވީ ކުރު މުއްދަތުގައި ކޮށްފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ދައުރުގައި މިހައިތަނަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީހުން ބިނާކުރުމަށް ޓަކައި، އަދި ޚާއްސަކޮށް މަތީ ތައުލީމާއި، ތަމްރީން ހޯދުމަށް ދުވަހަކު ވެސް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދުވަހަކު ވެސް ސަރުކަރުން ނުކުރާވަރުގެ ހޭދަ މިސަރުކާރުން ކޮށްފި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ބަލާގޮތުގައި މި ދައުރުގައި މިހާތަނަށް އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރެވިއްޖެ. މީހުން ބިނާކުރުމަށް ޓަކައި، އަދި ޚާއްސަކޮށް މަތީ ތައުލީމާއި، ތަމްރީން ހޯދުމަށް ދުވަހަކު ވެސް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް މިސަރުކާރުން ވަނީ ކޮށްފަ. ދުވަހަކު ވެސް ސަރުކާރުން ނުކުރާވަރުގެ ހޭދަ މިސަރުކާރުން ކޮށްފި." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާ އެކު ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތީން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ އެއްވެސް ދަރިވަރަކަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް ކަމަކަށް ދަތިވެފައި ނުވާކަމަށެވެ.

Ads by HDC
  1. ޢަވާމެނދުރު

    މިހާަރުތިހުރީމިސަރުކާރުގެވަޒީރަކައް އެހެންވީމާމިސަރިކާރު ދޮންފިތުވާނެތަ ތިބާއައް

  2. އައްޔު

    މިނިސްޓަރ އިތުރުފުޅު ނުހައްދަވާ ކަމެއް ތަފާސްހިސާބަކާއިއެކު ބުނުމުން ނޫނީ ޤަބޫލެއް ނުކުރެވޭނެ. މަވެސް ބުނެފާނަން މިނިސްޓަރ ދައްކަންޖެހޭ މިލިއަން ރުފިޔާ އެބަހުއްޓޭ ދެން ވީ އަޑުއަހާމީހުން ޤަބޫލުކުރަންތޯ؟