Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ނިލަންދޫ 3 މިސްކިތުގައި މިއަަދު އިމާމުވެ ހުކުރު ކުރީ އެއްބަނޑު އެއްބަފާ 3 ބެއިން!

ނިލަންދޫ 3 މިސްކިތުގައި މިއަަދު އިމާމުވެ ހުކުރު ކުރީ އެއްބަނޑު އެއްބަފާ 3 ބެއިން!

ފ.ނިލަންދޫގައި ހުކުރު ނަމާދު ކުރާ 3 މިސްކިތުގައި މިއަދު އިމާމު ހުކުރު ކުރީ އެއްބަނޑު އެއްބަފާ 3 ބެއިންނެވެ. މިއާއެކު މިއަދަކީ ނިލަންދޫގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ހާއްސަ ދުވަހަކަށް މިވަނީ ވެގެންގޮސްފައެވެ.

ނިލަންދޫގައި މިއަދު ހުކުރު ކޮށްފައިވާ 3 ބެއިންނަކީ މަސްޖިދުލްތަޙާލުފިގައި އިމާމްވެ ހުކުރު ކުރި އަބްދުއްރަޝީދު އިސްމާއިލްއާއި މަސްޖިދުލް ވަހްދާގައި އިމާމްވެ ހުކުރު ކުރި އިބްރާހިމް ރަޝީދުއާއި މަސްޖިދުލް ސަލާމްގައި އިމާމްވެ ހުކުރު ކުރި އަބްދުﷲ ރަޝީދު އިސްމާއިލްއެވެ.

<img class="alignnone wp-image-117470 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/Screenshot-2021-10-01-at-15.07.37.png" alt="" width="726" height="432" />

Advertisement
HDC — Sidebar (box)

ނިލަންދޫގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކޮށްފައިވާ 3 ބެއިންގެ ފަރާތުން އެ 3 ބެއިންގެ އެއްބަނޑު އެއްބަފާ އެންމެ ބޮޑު ބޭބެކަމުގައިވާ އަބްދުލް ގާދިރު އިސްމާއިލް "ދެން"އާ ވާހަކަ ދައްކަމުން ބުނީ މިއީ އާއިލާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއްކަމަށެވެ.

"މިއަދު ހިތަށް އަރާ ރަށުގައި ހުރެވުނު ނަމައޭ. ވަރަށް ހުންނަން ބޭނުން ވެސް ވި އެކަމަކު ކަން  ދިމާކުރި ގޮތުން މާލޭގައި މިހުރީ. އެކަމަކު މިއީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް އަދި ޝަރަފެއް. ވަރަށް އުފާވޭ ހަމަ ބުނެދޭން ވެސް ނޭނގޭ މިއަދު މިކުރެވޭ އުފާވެރި އިހްސާސް" އާއިލާއަށް ލިބުނު އުފާވެރިކަން "ދެން"އާ ހިއްސާ ކުރައްވަމުން ގާދިރު ބުންޏެވެ.

އާއިލާއަށް ލިބިގެން ދިޔަ މި ޝަރަފުވެރި ވަގުތުގައި ގާދިރު ވަނީ އޭނާގެ މައިންބަފައިންގެ ޒިކުރާއާކޮށް އެމީހުން ނެތުމުގެ ފަޅުކަމާއި މާޔޫސްކަން ހަނދާންކޮށްފައެވެ.

"ހަގީގަތުގައި މިއީ މައިންބަފައިން އަޅުގަނޑުމެންނަށް ދިން ހެޔޮ ނަސޭހަތާއި ހެޔޮ ތަރުބިއްޔަތުގެ ނަތީޖާ. ހިތަށް އަރާ މިއަދު މަންމައާއި ބައްޕަ މިދުވަސް ދެކެން ދުނިޔޭގައި ހުރި ނަމައޭ. އެމީހުން މިއަދު ތިބި ނަމަ ހާދަ ހާދަ އުފަލެއް ވީހޭ. މިއީ އެމީހުން އެންމެ ދެކެން ބޭނުންވި ދުވަސް." މައިންބަފައިންގެ ޒިކުރާ އާކުރަމުން ގާދިރު ބުންޏެވެ.

ނިލަންދޫގައި މިއަދު އިމާމްވެ ހުކުރު ނަމާދު ކުރި 3 ބެއިން މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވައިލައިފައި ވަނީ ސުލްހަވެރި މުޖްތަމައުއެއް ބިނާކުރުމުގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް