Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 9 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

Advertisement
HDC — Sidebar (box)

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް