ލައިފްސްޓައިލް ލުއި ޚަބަރު

ކުއީން އެލިޒަބަތުގެ 12 ވަނަ މުނި މާމަ ދަރިފުޅުގެ ނަމަކީ ސިއޭނާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕްރިންސަސް ބިއެޓްރީސް އަދި އޭނާގެ ފިރިމީހާ އެޑޮއާޑޯ މޯޒި

އިނގިރޭސިވިލާތުގެ ޕްރިންސަސް ބިއެޓްރީސް އަދި އޭނާގެ ފިރިމީހާ އެޑޮއާޑޯ މޯޒިގެ އެންމެ ހަގު ދަރިފުޅުގެ ނަމަކަށް ސިއޭނާ އެލިޒަބަތު މަޕެލި މޯޒި ކިޔައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ކުޑަ ދަރިފުޅުގެ ފައިތިލައިގެ ފޮޓޯއެއް ދޫކޮށްލައިފައެވެ. ނަން ހާމަކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

ސިއޭނާ އެލިޒަބަތަކީ ކުއީން އެލިޒަބަތު (2) ގެ 12 ވަނަ މުނި މާމަ ދަރިފުޅެވެ. ސިއޭނާ އުފަންވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ލަންޑަނުގެ ޗެލްސީގައި ހުންނަ ވެސްޓްމިންސްޓާ ހޮސްޕިޓަލުގައެވެ. އުފަންވިއިރު ކުއްޖާގެ ބަރުދަނުގައި ހަ ޕައުންޑު ދެ އައުންސް (2.78 ކިލޯ) ހުއްޓެވެ.

އުމުރުން 33 އަހަރުގެ ޕްރިންސަސް ބިއެޓްރީސްގެ ދޮން ދަރިއެއް މިހާރުވެސް ހުރެއެވެ. އެއީ އޭނާގެ ފިރިމީހާ މަޕެލީގެ ފިރިހެން ދަރިފުޅު ކްރިސްޓޮފާ ވުލްފްއެވެ.

ބިއުޓްރީސްއަކީ އިނގިރޭސި ޝާހީ އާއިލާގެ ތަހުތުގެ 10 ވަނަ ވާރުތަވެރިޔާއެވެ. އޭނާއަކީ ޕްރިންސް އެންޑްރޫއާއި އޭނާގެ ކުރީގެ އަންހެނުން ސާރާގެ ދޮށީ ދަރިފުޅެވެ.

ބިއެޓްރީސްއާއި މަޕެލި ކައިވެނިކުރީ މިދިޔަ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ކައިވެނީގެ ހަފްލާ ބޭއްވީ ޕްރައިވެޓްކޮށް ޝާހީ ގެކޮޅުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!