ހޮލީވުޑް މުނިފޫހިފިލުވުން

ޕްރިޔަންކާއާއި ނިކް ބްރޯޑްވޭ ޝޯއެއް ޕްރޮޑިއުސް ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕްރިޔަންކާ އަދި ނިކް

ހޮލީވުޑްގެ މަޝްހޫރު ޖޯޑު ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް، މަޝްހޫރު ބްރޯޑްވޭ ޝޯއެއް ކޯ ޕްރޮޑިއުސްކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ބްރޯޑްވޭ ކޮމެޑީ "ޗިކެން އެންޑް ބިސްކުޓްސް"ގެ ޕްރޮޑިއުސަރުންނާ އެކު ނިކްއާއި ޕްރިޔަންކާ މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ދެތަރިން ޕްރޮޑިއުސް ކުރާނީ ޑޯގްލަސް ލިޔޯންސްގެ ޕްލޭއެވެ. ނިކް ވަނީ މި ޝޯގެ ކްރިއޭޓިވް ޓީމާއި ކާސްޓުންނާ މިދިޔަ ހަފްތާގައި ބައްދަލުކޮށްފައެވެ.

ބްރޯޑްވޭ ޝޯއަކީ ތިއޭޓަރުގައި ލައިވްކޮށް ކުޅޭ ޝޯތަކެވެ. ނިކް އޭނާގެ ލަވަކިޔުމުގެ ކެރިއަރު ފެށީ ބްރޯޑްވޭ އަލްބަމެއް މެދުވެރިކޮށެވެ. އެހެންކަމުން ބްރޯޑްވޭއަކީ ނިކްގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވާ ދާއިރާއެއްކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ނިކްގެ އުމުރުން 7 އަހަރުން ފެށިގެން ބްރޯޑްވޭއަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އެހެންކަމުން ބްރޯޑްވޭ ޝޯއެއް ޕްރޮޑިއުސް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ޕްރިޔަންކާ ބުންޏެވެ.

ޗިކެން އެންޑް ބިސްކުޓްސްއަކީ ފެމިލީ ކޮމެޑީއެކެވެ. މި ޝޯ ޑައިރެކްޓު ކުރަނީ ޒައިލޮން ލެވިންގްސްޓަން އެވެ. މި ޝޯގެ އާ އެޑިޝަން ތިއޭޓަރަށް އަންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ޝޯތައް  ނިންމާނީ އަންނަ އަހަރުގެ ޖެނުއަރީ 2ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!