Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

55 މެމްބަރުން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކޮށްފި: އިތުރު ސޮއި ހޯދަން އަތޮޅުތެރެއަށް ދަތުރުތަކެއް!

55 މެމްބަރުން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކޮށްފި: އިތުރު ސޮއި ހޯދަން އަތޮޅުތެރެއަށް ދަތުރުތަކެއް!

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ފައްޓަވައިފައިވާ މަސައްކަތަށް އިތުރު ތަރުހީބު ހޯދަން އަތޮޅުތެރެއަށް ދަތުރުތަކެއް ފަށަން އެ ފެކްޝަނުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހިމް "ދެން"އަށް ވިދާޅުވީ، ހީކުރި ވަރަށް ވުރެ ވެސް ފުރިހަމަ ތާއީދު ބަރުލަމާނީ ޕެޓިޝަނަށް ލިބެމުންދާ ކަމަށާއި އެގޮތުން މިހާރު ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 55 މެމްބަރުންގެ ސޮއި އެ ޕެޓިޝަނަށް ލިބިފައިވާކަން ނިޝާން ފާހަގަކުރެއްވިއެވެ.

ނިޝާން ވިދާޅުވީ އަދިވެސް މަސައްކަތްކުރަމުންދަނީ ވީހާވެސް ގިނަ ބައެއްގެ ތާއީދު އެކަމަށް ހޯދުމަށް ކަމަށާއި އެގޮތުން މިހާރު ސީދާ މާލެއިން ރަށް ރަށަށް ޓީމުތައް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ހަމަ ޔަގީނުން ވެސް މިހާރު 50،000އިން މައްޗަށް އަރައިފި އަދަދު. ނަމަވެސް އަދިވެސް އަތޮޅު ތެރެއިން އެބައެދޭ ސީދާ އަޅުގަނޑުމެން އެ ރަށްރަށަށް ދަތުރުކުރަން. އެހެންވީމާ ދެން މި ނިންމީ ސީދާ އަތޮޅުތެރެއަށް ދަތުރު ފަށަށް. އެންމެ އަވަހަށް އަރާނީ މާލެ ކައިރީ ރަށްތަކަށް. އޭގެ ފަހުން އެބައިން 14 ވަނަ ދުވަހު ށ.އަތޮޅަށް އަދި އއގެ އިތުރުން އދ އަށް ވެސް ދަތުރުތައް އެބައޮތް ރާވާފައިވާ. އޭގެ އިތުރުން އައްޑޫ ސިޓީ ފުވައްމުލަކު ސިޓީ ގެ އިތުރުން ހދ ވެސް އެބައިން ލިސްޓުގައި" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ޕެޓިޝަން ހުށަނާޅައި މަޑުކުރަނީ އަދިވެސް ވީހާ ވެސް ގިނަ ސޮއި ހޯދަން ކަމަށާއި ވަރަށް ކާމިޔާބުކަމާ އެކީ އެ މަސައްކަތްކުރިއަށްދާ ކަމަށެވެ.

އޮގަސްޓު 21ވަނަ ދުވަހު ފެށި އެ ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނެކެވެ.

އެ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން މިފަދަ ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް