Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހިޔާ ފްލެޓްތަކުގައި ކުނީގެ މައްސަލަ ބޮޑުވާތީ، އެޗްޑީސީއިން ހައްލެއް ހޯދައިދީފި

ހިޔާ ފްލެޓްތަކުގައި ކުނީގެ މައްސަލަ ބޮޑުވާތީ، އެޗްޑީސީއިން ހައްލެއް ހޯދައިދީފި

ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭ ފޭސް 2ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ކުނީގެ މައްސަލަ ބޮޑުވެފައިވާތީ ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަގުތީ ހައްލެއް ހޯދައިދީފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު އެތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން، ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރާ ފަރާތްތަކުގެ ގޭބީސީތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި އުކާލުމަށް ޓަކައި ހަ ޑަސްބިނެއް ބަހައްޓައިފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ވެމްކޯއިން ރަސްމީކޮށް ކުނި އުކައިދިނުމުގެ ޚިދުމަތް ފެށެންދެން ކުރިޔަށް ދާނެ ކަމަށް ވިދާޅުވިއެވެ.

https://twitter.com/hdcmaldives/status/1444600896504012803?s=20

Advertisement
Ooredoo — Truecaller (box)

އެޗްޑީސީއިން ވިދާޅުވީ، ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފްލެޓުގައި ދިރިއުޅެމުންދާ ފަރާތްތަކާއި އަދި ފްލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން، އެ ޓަވަރަކާއި އެންމެ ކައިރީގައިވާ ޑަސްޓްބިނަށް ކުޅި އެޅުމަށް އެދޭ ކަމަށެވެ. މި ޑަސްބިންތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު 12:00 އަށެވެ. އަދި ވިދާޅުވީ، އެ ވަގުތުތަކުގެ ކުރިން ޑަސްބިނަށް ކުނި އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް