މެދުއިރުމަތި

ގަތަރުގައި ފުރަތަމަ ފަހަރަށް އިންތިޚާބެއް: އެއްވެސް ކަނބަލެއް އިންތިޚާބެއް ނުވޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ގަތަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވި އިންތިޚާބުގައި، އެޤައުމުގެ ޝޫރާ ކައުންސިލަށް 30 ފިރިހެނުން އިންތިޚާބުކޮށްފިއެވެ.

ޝޫރާ ކައުންސިލަކީ ޤަތަރުގައި ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަ ކައުންސިލެވެ. މި ކައުންސިލުން ގަތަރުގެ ބަޖެޓްގެ ކަންކަމާއި ސިޔާސަތުގެ ކަންކަމާއި ޤާނޫނީ ކަންކަން ބަލަހައްޓައެވެ. ޝޫރާ ކައުންސިލަކީ، 45 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެކެވެ. މީގެ ތެރެއިން 15 މެންބަރުންނަކީ، ޤަޠަރުގެ އަމީރު ތަމީމު ބިން ޙަމަދު ބިން ޚަލީފާ އާލް ޘާނީ އައްޔަން ކުރާ ބޭފުޅުންނެވެ.

ގަތަރުގައި ކުރިޔަށް ދިޔަ ޝޫރާ އިންތިޚާބުގައި 26 އަންހެނުން ވާދަކޮށްފައިވެއެވެ. އިންތިޚާބުގައި އާބާދީގެ 63.5 އިންސައްތަ މީހުން ވޯޓް ދިންއިރު، އެއްވެސް ކަނބަލަކު އިންތިޚާބުވެފައެއް ނުވެއެވެ.

މިކަމާ ބެހޭ ގޮތުން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ދޯހާގެ މަރްޚިޔާ ޑިސްޓްރިކްޓުން ޝޫރާ ކައުންސިލަށް ވާދަކުރި އައިޝާ ހަމާމް އަލް-ޖަސިމް ވިދާޅުވީ، ޝޫރާ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ފިރިހެނުން ނެގުން އެއީ ގަތަރަށް އެންމެ ބޭނުންތެރި ގޮތެއް ނޫން ކަމަށެވެ.

"މިއީ ގަތަރުގެ ތާރީޚުގައި ވެސް ބަސްބުނުމުގެ ފުރުސަތު އަންހެނުންނަށް ލިބޭ ފުރަތަމަ ފަހަރު، ސިޔާސީ ކަމެއްގައި ބައިވެރިވެވޭ ފުރަތަމަ ފަހަރު. އަންހެނުންގެ ހައްޤުތައް ހިމާޔަތް ކުރަން އަހަރެމެން ނިކުންނައިރު، އަހަރެމެންގެ ފަހަތުގައި އަންހެނުން ތިބުން މުހިންމު. ރަނގަޅު ކެނޑިޑޭޓުން އިންތިޚާބަށް ނިކުތުން ވެސް މުހިންމު" އައިޝާ ވިދާޅުވިއެވެ.

ޝޫރާ ކައުންސިލަކީ ގަތަރުގެ ޤާނޫން ހަދާ މަޖިލީހަށްވީ ނަމަވެސް، ޤަތަރުގެ ސަލާމަތާއި ދިފާޢީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއާ ގުޅުން ހުރި ޤާނޫނުތަކާއި ސިޔާސަތުތައް އެކުލަވައިލުމުގެ ބާރެއް ޝޫރާ ކައުންސިލަކަށް ނޯވެއެވެ.

Ads by Ooredoo
  1. އެލެކްސް އަހްމަދު

    އަސްތާ… އަންހެނުންނަށް ޗަ ބުނާ ބާރުވެރިކަން ދީގެން ފުނޑެމުންދާ މުސްލިމްގައުމުތައް ފެންނަން އޮއްވާ އެވެރިން އެކަމެއް ނުކުރާނެންނު. ރާއްޖެ މިއޮށް ފުނޑެނީ ޗަ ކަމާ ހެދި.
    ރާއްޖޭގަ، ޝަރީއަތުގެ ބެންޗްތަކުގަވެސް ސުވާލެއް ކޮށްލަން ނޭނގޭ އަންހެން ފަނޑިޔާރުން.. ލަދުން އަވަދިވޭ. އަނެއްކޮޅުން އަންހެނުންގެ މަކަރަކީ ބޮޑުވެގެންވާ އެއްޗެއްކަމުގައިވާތީ އާއި އެމީހުންގެ ވިސްނުމުގެ ފެންވަރު ދަށް ވީމަ އެފަދަ ޒިންމާ ބޮޑެތި މަޤާމުތަކަށް ކުފޫ ހަމައެއްވެސް ނުވޭ.