އެޑްވަޓޯރިއަލް

އުރީދޫ މޫލީއިން ވިޔަފާރި ކޮށްގެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗު ގަލޮޅު ދަނޑުގައި ހިލޭ ބަލައިލުމުގެ ފުރުސަތު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދުވަސްކޮޅު، މޫލީ ބޭނުން ކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ކޮންމެވެސް އެއް ފަރާތަކަށް އެދުވަހެއްގައި އޮންނަ މެޗުތަކުން އެމީހަކު ބޭނުން މެޗެއް، ގަލޮޅު ދަނޑުން ބަލައިލުމުގެ ފުރުސަތު އުރީދޫއިން ހުޅުވައިލައިފިއެވެ.

Ads by MWSC

މި ޕްރޮމޯޝަނާ ގުޅޭ ގޮތުން އުރީދޫއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، މޫލީ ބޭނުން ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ކޮންމެވެސް އެއް ފަރާތަކަށް، އެ ދުވަހެއްގައި ކުޅޭ މެޗުތަކުގެ ތެރެއިން އެމީހަކު ބޭނުން މެޗެއް ގަލޮޅު ދަނޑަށް ގޮސްގެން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ދުވަހެއްގައި ރާއްޖެއާއި އެހެން ޤައުމެއް ކުޅޭ މެޗެއް ބަލައިލަން، ނުވަތަ އެހެން ދެ ޤައުމެއް ކުޅޭ މެޗެއް ބަލައިލަން ބޭނުން ކަމުގައިވިޔަސް އެ ފުރުސަތު، މޫލީ ބޭނުން ކޮށްގެން ހޮވޭ ނަސީބުވެރި އެ ފަރާތަށް އޮންނާނެ ކަމަށާއި، ގަލޮޅު ދަނޑުން މެޗު ވަގުތުން ބަލައިލަން ދިޔުމަށް ހިލޭ ދެ ޓިކެޓު ލިބިގެން ދާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ގަލޮޅު ދަނޑަށް ގޮސްގެން މެޗު ވަގުތުން ބަލައިލުމަށް ހިލޭ ދެ ޓިކެޓު ލިބުމުގެ މި ގިވްއަވޭ ޕްރޮމޯޝަން، ސާފް ޗެމްޕިއަންޝިޕް އޮންނަ ކޮންމެ ދުވަހު ވެސް އޮންނާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ދެން މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7ވަނަ ދުވަހުގައެވެ. އެދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭނީ ބަންގްލަދޭޝްގެ ޤައުމީ ޓީމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!