އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ފަން ރަންއާއެކު އައްޑޫ ސިޓީއަށް އައީ އީދެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އުރީދޫ ފަން ރަން: އައްޑޫ ސިޓީގެ މަރަދޫ ހާބަރު ސަރަހައްދުގައި ކުރިއަށްދާ ދުވުމުގައި ތިން ހާހަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި / ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދިޔަ އުރީދޫ ފަން ރަން  ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

Ads by MPL

ފަސް ކިލޯ މީޓަރުގެ ދުވަމުގެ އެ ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންދިޔަ ދުވުމެއް ކަމަށް އުރިީދޫއިން ބުންޏެވެ.

އެ ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. އަދި އެ ދުވުން ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމްތަކާއި ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކާއެކު ދުވުން އިތުރަށް ފަޅުފިލިކަމަށް އުރީދޫއިން ބުންޏެވެ.

ފަން ރަން ނިންމި ކޮންމެ ދުވުންތެރިޔަށް މި ފަހަރު ވަނީ މެޑެލްއެެއް ވެސް ދީފަ އެވެ. އެ މެޑެލްގައި އައްޑޫ ސިޓީއަށް ހާއްސަ ދޫނި, "ދޮން ދީނީ" ހިމަނައިފައި ވެއެވެ.

"އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގެ މޭޔަރަށާއި، އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންނާއި، އިހުލާސްތެރި މުވައްޒަފުންނަށާއި، މި ހަރަކާތް ހަގީގަތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިހުލާސްތެރި ކަމާއެކު ޝުކުރު އަދާކުރަމެވެ. ތިޔަބޭފުޅުންގެ ހިތްވަރާއި އެއްބާރުލެއްވުމުގެ ސަބަބުން، މިކަމުގައި ޝާމިލުވާ އެންމެންނަށް ހަގީގަތުގައިވެސް އުފާވެރި ތަޖުރިބާއެއް އުފެއްދުމަށް ވަނީ މަގުފަހިވެފައެވެ." އުރީދޫއިން ނެރުނު ބަޔާނުގައި ބުންޏެވެ.
.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެއް ކަމަށް އުރީދޫއިން ބުންޏެވެ.

Ads by Allied Insurance