Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
އެޑްވަޓޯރިއަލް

އެލައިޑް ތަކާފުލް: މުޅިން އާ ބާބެއްގެ ފެށުން

އެލައިޑް ތަކާފުލް: މުޅިން އާ ބާބެއްގެ ފެށުން

މި އަހަރަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް 40 އަހަރު ފުރުނު އަހަރެވެ. 40 ވަނަ އަހަރުގެ މުނާސަބަތާއި ގުޅިގެން ބޭއްވުނު ކަސްޓަމަރުންގެ ހަފުލާގައި ވަރަށް ވެސް ހާއްސަ ކަމެއް ނިއުޅިގެން އަ އެވެ. އެއީ އެލައިޑުގެ އިސްލާމިކް ވިންޑޯ، ”އަޔާދީ ތަކާފުލް“، ރީބްރޭންޑު ކުރުމެވެ. އެލައިޑުގެ ބްރޭންޑުގެ ޝަހުސާ އެއްގޮތްކޮށްލެވިގެން ދިޔައީ އެވެ.

<strong>މިހާރު މިއީ ”އެލައިޑް ތަކާފުލް“ އެވެ.</strong>

އެލައިޑް އިންޝުއަރަންސުން ތަކާފުލް ނުވަތަ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދޭ އިންޝުއަރަންސްގެ ހިދުމަތްތައް، ''އަޔާދީ ތަކާފުލް'' ގެ ނަމުގައި ފެށީ މީގެ 11 އަހަރު ކުރިންނެވެ. ދެން އޮތީ ''އެލައިޑް ތަކާފުލް'' ގެ އާ ބާބެކެވެ. ކުރިއަށް އޮތް ތަނުގައި "އެލައިޑް ތަކާފުލް"އިން ދޭ ހިދުމަތްތަކުގެ ބިންގާ ކަމުގައިވާ ޝަރީއާގެ އުސޫލުތަކުގައި ސާބިތުކަމާއެކު ހިފަހައްޓައިގެން ކުރިއަށް ދާނެ އެވެ. ސީދާ ގޮތުގައި "އެލައިޑް"ގެ ބްރޭންޑާއެކު، ތަކާފުލްގެ ހިދުމަތްތައް އިތުރަށް ވަރުގަދަކުރަމުން ދާނެ އެވެ.

Advertisement
Ooredoo — Truecaller (box)

މޭ މަހު އޮތް އަހަރީ ދުވަހުގެ ޖަލްސާގައި އެލައިޑުން ސާބިތުކޮށްދިނީ އެ ކުންފުނިން އާންމުންނަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭން ސާބިތުވެ ހުރި މިންވަރެވެ. ހާޒިރުވި ކޮންމެ ބޭފުޅަކަށް 150،000 ރުފިޔާއާ ހަމައަށް ގޭތެރޭގެ ސާމާނަށް ކަވަރޭޖު ލިބޭ ހޯމް ކޮންޓެންޓްސް ތަކާފުލް ޕްލޭނެއް ހަދިޔާކުރި އެވެ.

އެލައިޑް ތަކާފުލްއަކީ ހަމަ ގައިމު ވެސް ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޝަރީއާގެ އުސޫލުތަކުގެ ދަށުން އިންޝުއަރަންސް ފޯރުކޮށްދޭ ފަރާތެވެ. އެލައިޑް ތަކާފުލްގެ ''ފެމިލީ ތަކާފުލް" ޕޯޓްފޯލިއޯގެ ދަށުން ކުޑަކުދިންގެ މުސްތަގުބަލަށް ޓަކައި ފައިސާ ރައްކާކުރަން އެހީވެދޭ ''ޗައިލްޑް އެޑިއުކޭޝަން'' ޕްލޭން، އިންވެސްޓްމެންޓް ތަކާފުލް، އާއިލާއަށް ދަރަންޏެއް ވާރުތަވިޔަ ނުދިނުމަށް ފަރުމާކޮށްފައިވާ ''ޑެޓް ޕްރޮޓެކްޝަން ތަކާފުލް''، އަދި އަންހެނުންނަށް ހާއްސަ ''ކަމަނަ ތަކާފުލް'' ހިމެނެ އެވެ.

އޭގެ އިތުރުން ވަރަށް ފުޅާ، އެކި އެކި ދާއިރާތަކުން ތަކާފުލްގެ އެހެނިހެން ހިދުމަތްތައް ވެސް އެލައިޑް ތަކާފުލު އިން ފޯރުކޮށްދެ އެވެ. އެގޮތުން މޮޓޯ އަދި ކާގޯ ތަކާފުލް، ޕަބްލިކް ލަޔަބިލިޓީ ތަކާފުލް، ގެސްޓްހައުސް، ގްރޫޕް އަދި އިންޑިވިޖުއަލް ހެލްތު ތަކާފުލް އަދި ކުރޮޕް ތަކާފުލް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޭފުޅުންނަށް އެލައިޑުން ފޯރުކޮށްދޭ ''ޓްރެވަލް'' ކަވަރޭޖަކީ ތަކާފުލް ޕްލޭނެއްގެ ގޮތުގައި ނެގޭނެ ޕްލޭނެކެވެ. ޓްރެވަލް ތަކާފުލްއަކީ ޗުއްޓީ ނުވަތަ އެހެނިހެން ވެސް ދަތުރެއްގެ މަތީގައި އުޅުއްވާ އިރު ކުރިމަތިވެދާނެ ކަމަކުން އަރައިގަތުމަށް އެހީވެދޭ ޕުލޭނެކެވެ.

އެލައިޑް ތަކާފުލް އިން ދަނީ އާންމު ދިރިއުޅުމުގައި ދިމާވެދާނެ ފަދަ ކަންކަމަށް ބިނާކޮށް ކަސްޓަމަރުންނަށް ބޭނުންވާނެ ފަދަ ތަކާފުލް ޕްރޮޑަކްޓްތައް، ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށް މާކެޓަށް ނެރުމުގެ މަސައްކަތް ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް