ތިންވަނަ ފަރާތަކަށް ކުރާ ގެއްލުންތަކާއި މެދު ވިސްނާލަންވީ ވަގުތު

ޢިމާރާތްކުރުމުގެ މަސައްކަތް ހިނގާ ތަންތަން ނުވަތަ ކޮންސްޓްރަކްޝަން ސައިޓުތަކަކީ ހަލަބޮލި މާޙާއުލުތަކެކެވެ. ހޭލަމޭލަވޭ އުޅޭ މަސައްކަތްތެރީންނާއި، އެކިއެކި އާލާތްތަކާއި ބޮޑެތި މެޝިނަރީއާއި، އެކި ތަފާތު ފާޑުފާޑުގެ މެޓީރިއަލުން ފުރިފައެވެ. ހަމަ މި ހަލަބޮލި މާޙައުލާ ދާދި ގާތުން، އާންމުން ވެސް ހިނގާބިނގާވެ އުޅޭނެއެވެ. އާންމުންގެ ގެދޮރާއި މުދާ ހުންނާނެއެވެ. މި ހުރިހާ ކަމެއް އެކުވުމުން ފެންނަނީ ހިރާސް ނުވަތަ ރިސްކު ބޮޑު މާޙާއުލެކެވެ.
ކޮންޓްރެކްޓަރުން އެމީހުންގެ މުވައްޒަފުންނާއި މުދަލަށް ރައްކާތެރިކަން ދިނުމަށް ފިޔަވަޅު އަޅާއިރުވެސް، ސައިޓުގެ މަސައްކަތުން ނުވަތަ ހިނގާ ހާދިސާއަކުންތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުންތަކަށް (މިސާލަކަށް މަގުމަތިން ހިނގާ މީހަކަށް އަނިޔާއެއްވުން ނުވަތަ އަވަށްޓެރި ޢިމާރާތަކަށް ގެއްލުންވުން) ގިނަ ފަހަރަށްސަމާލުކަމެއް ނުދެވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ބޮޑެތި ޤާނޫނީ މައްސަލަތަކަށް ދާންޖެހި، ގިނަ ވަގުތާއި ޚަރަދުވެސް ހިނގާނެއެވެ
އެލައިޑް އިންޝުއަރަންސްގެ ކޮންޓްރެކްޓާސް އޯލް ރިސްކް އިންޝުރަންސްގެ މަޤްސަދަކީ މިފަދަ ޙާލަތްތައް ހިމެނޭހެން، ވަރަށް ގިނަ ނުރައްކާތަކަކާއި ހިރާސްތަކަކުން ކޮންޓްރެކްޓަރުން ރައްކާތެރިކޮށްދިނުމެވެ
ކޮންޓްރެކްޓާސް އޯލް ރިސްކް އިންޝުއަރަންސްގައި ދެ ކަވަރޭޖެއް ހިމެނެއެވެ. ސެކްޝަން 1 ގައި ހިމެނެނީ އަލިފާނާއި ފެންބޮޑުވުމާއި ވައްކަމާއި މިފަދަ ހާދިސާތަކުން، ކޮށްފައިވާ މަސައްކަތްތައް ހަލާކުވެއްޖެ ނަމަ އެކަމަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ކަވަރޭޖެކެވެ.
އެލައިޑް އިންޝުއަރަންސްގެ ކޮންޓްރެކްޓާސް އޯލް ރިސްކް އިންޝުއަރަންސަކީ، ގިނަ ނުރައްކާތަކުން ކޮންޓްރެކްޓަރުން ރައްކާތެރިކޮށްދިނުމަށް ހަދާފައިވާ އިންޝުއަރަންސެކެވެ.މި އިންޝުއަރަންސްގައި ދެ ކަވަރޭޖެއް ހިމެނެއެވެ
ސެކްޝަން 1: އަލިފާން، ފެންބޮޑުވުން، ވައްކަން ފަދަ ހާދިސާތަކުން، މަސައްކަތްތަކަށް ލިބޭ ގެއްލުންތަކަށް މާލީ ރައްކާތެރިކަން ފޯރުކޮށްދެއެވެ.
ސެކްޝަން 2: ޢިމާރާތްކުރުމުގެ މަސައްކަތުގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ ގެއްލުން ނުވަތަ މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ދެއެވެ
މީގައި ހިމެނޭ ދެވަނަ ކަވަރޭޖު، ”ސެކްޝަން 2“ އަކީ ކުރިން ދަންނަވާފައިވާ، ޢިމާރާތްކުރުމުގެ މަސައްކަތުގެ ސަބަބުން ތިންވަނަ ފަރާތަކަށް ކުރިމަތިވާ ޖިސްމާނީ ގެއްލުމަކަށް، ނުވަތަ ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުމަކަށް ބަދަލު ފޯރުކޮށްދޭ ކަވަރޭޖެވެ.
ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމަކީ ހަޤީޤަތުގައި ވެސްވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ބޮޑެތި މާލީ ބުރަތަކާ ކުރިމަތިލާން ޖެހި، މަޝްރޫއު ބަޖެޓު ހުސްވެދާނެއެވެ. މިސާލަކަށް، ކޮންސްޓުރަކްޝަން ސައިޓުގައި ހިނގާ ހާދިސާއެއްގެ ސަބަބުން އަވަށްޓެރި ފާރަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ބަދަލު ހޯދަން ކޯޓަށް ދިއުމުން ވަކީލުންގެ ފީއާއި އެހެނިހެން ޚަރަދުތައް އަސްލު ގެއްލުމުގެ އަގަށް ވުރެ އެތައް ގުނައެއް ބޮޑުވެދާނެއެވެ
ކޮންޓްރެކްޓާސް އޯލް ރިސްކް ޕްލޭނެއް އޮތް ނަމަ، މި ހުރިހާ މަރުޙަލާއެއް ކަޑައްތު ކުރާކަށް ނުޖެހޭނެއެވެ. އަދި އަމިއްލަ އަތުން ބަދަލު ދިނުމުގެ ބަދަލުގައި، އެ ޚަރަދު ހަމަޖައްސައި ތިންވަނަ ފަރާތަށް ބަދަލު ދިނުމުގެ ކަންތައް ހިންގައިދޭނީ އެލައިޑް އިންޝުއަރަންސުންނެވެ.
އެހެންކަމުން މިއީ ކޮންޓްރެކްޓަރުންގެ ކޮންސްޓްރަކްޝަން މަސައްކަތް ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެއް އެކަންޏެއް ނޫނެވެ. މިއީ ކުއްލިއަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން މުޅި މަޝްރޫޢަށް ބުރޫއެރުމުން މަޝްރޫއާއި ވިޔަފާރި ވެސް ރައްކާތެރިކޮށްދޭ ޕްލޭނެކެވެ.
މި ކަންކަމަކީ އެހާމެ މުޙިންމު ކަންކަމަށް ވާތީ، ރާއްޖޭގައި ހިންގާކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ސައިޓުތަކާއި އެތަންތަނުން ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭ ފަދަ އިންޝުއަރަންސެއް ނެގުމަކީ މިހާރު ޢިމާރާތްކުުމާ ބެހޭ ޤަވައިދުތަކުގެ ދަށުން ލާޒިމު ކަމެކެވެ.
ރާއްޖޭގެ އެންމެ ތަޖުރިބާކާރު އިންޝުއަރަންސް ޕްރޮވައިޑަރ، އެލައިޑް އިންޝުއަރަންސުން މިކަމަށް ޚާއްސަވާ ޕްލޭން، ”ކޮންޓްރެކްޓާސް އޯލް ރިސްކް“ ޕްލޭނަކުން ތިޔަބޭފުޅުންގެ ޕްރޮޖެކްޓު ސައިޓުތަކާއި ވަށައިގެންވާ މާޙައުލަށް ރައްކާތެރިކަން ހޯއްދަވާށެވެ.
