ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 3:00އިން 5:00އަށެވެ.