ބޮލީވުޑް މުނިފޫހިފިލުވުން

ރާމަޔަނާގައި ރާމްއާއި ރާވަންއަކީ ރަންބީރާއި ރިތިކް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރަންބީރް އާއި ރިތިކް | މިދެތަރިން އެކީގައި އެއް ފިލްމަކުން ފެނިދާނެކަމުގެ އުއްމީދު ބޮޑު

އިންޑީއާގެ މަޝްހޫރު ތާރީހީ ވާހަކަ ރާމަޔަނާގެ މައްޗަށް އުފައްދާ ފިލްމުގެ މައި ރޯލުތަކުން ފެންނާނީ ރިތިކް ރޯޝަންއާއި ރަންބީރް ކަޕޫރުކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

ބޮލީވުޑް ހަންގާމާއިން ބުނީ މި ފިލްމުގައި ރަންބީރު ކުޅޭނީ ރާމްގެ ރޯލުކަމަށެވެ. މިއީ ފިލްމުގެ ހީރޯއެވެ. އަނެއްކޮޅުން ރިތިކް ކުޅޭނީ ރާވަންގެ ރޯލެވެ. މިއީ ނެގެޓިވް ރޯލެކެވެ. ފިލްމުގައި ސީތާގެ ރޯލުން ފެންނާނެ ބަތަލާއެއްގެ ނަން މިހާތަނަށް މީޑިއާތަކަށް ތިލަވެފައެއް ނުވެއެވެ.

ރަންބީރާއި ރިތިކްއާ އެކު ފިލްމުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ބައްދަލުވުމެއް ބާއްވައިފައިވާކަމަށް ރިޕޯޓުތައް ބުނާއިރު އެއްބަސްވުމަކާ ހިސާބަށް ވަރަށް އަވަހަށް ދާނެކަމަށް އޮތީ ބެލެވިފައެވެ. މިފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައިކަމަށް ރިޕޯޓު ކުރެއެވެ.

މިފިލްމުން ރިތިކްއާއި ރަންބީރު ފެންނަ ނަމަ މިއީ މިދެތަރިން އެކީގައި އެއް ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ.

އެކްޓަރު ރިތިކް ދެން އެންމެ އަވަހަށް ފެންނާނީ ބަތަލާ ދިޕިކާ ޕަދުކޯންއާ އެކު ފިލްމު "ފައިޓާ"އިންނެވެ. އޭގެ ފަހުން "ވޯރ"ގެ ދެވަނަ ބައި އަދި "ކްރިޝް 4" ގެ މަސައްކަތް ވެސް ރިތިކް ފަށާނެއެވެ.

އަނެއްކޮޅުން ރަންބީރް އެންމެ އަވަހަށް ފެންނާނީ ލޯބިވެރިޔާ އާލިއާ ބަޓް އަދި އަމީތާބް ބައްޗަންއާ އެކު ފިލްމު "ބްރައްމާސްތުރަ"އިންނެވެ. މީގެ އިތުރުން ވާނީ ކަޕޫރާ އެކު ފިލްމު "ޝަމްޝޭރާ"، ޕަރިނީތީ ޗޯޕްރާ، އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލްއާ އެކު ފިލްމު "އެނިމަލް"އިން ވެސް އޭނާ ފެންނާނެއެވެ. މީގެ އިތުރުން ޝްރައްދާ ކަޕޫރާ އެކު ޑައިރެކްޓަރު ލަވް ރާންޖަންގެ ކުރިއަށް އޮތް ފިލްމުން ވެސް ރަންބީރު ފެންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!