Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޫސްވެރިކަމުގެ އިނާމާ ބެހޭ މައްސަލަ ކޯޓަށް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އުސޫލާ ޚިލާފު ކަންކަން ކުރިޔަށްދާ ކަމަށް ބުނެ، އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

މިމައްސަލަ ކޯޓަށް ހުށަހަޅައިފައި ވަނީ ފެބްރުއަރީގައި އެ ކައުންސިލުން ނެރެފައިވާ އުސޫލާ ޚިލާފުވާތީ ކަމަށް ބުނެއެވެ. މިމައްސަލަ ހުށަހަޅައިފައި ވަނީ، ޝުނާނާ އެންޑް ކޯޕަރޭޓް ލޯގެ ފަރާތުންނެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ މެދު ގިނަ ނޫސްވެރިންތަކެއް ސޮއިކޮށް މަޖިލީހަށް ވެސް ޕެޓިޝަނެއް ހުށަހަޅައިފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެ، އެ އަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާ އިނާމު ދިނުމުގެ ހަފުލާއެއްގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް 70އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.

Advertisement
Ooredoo — Truecaller (box)

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދީފައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމް ދިނުމަށް ނިންމައިފައިވުމެވެ. ނަމަވެސް ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް