ޚަބަރު ސަރުކާރު

ގައުމީ ދުވަހު ލިބޭ އުފާވެރި ޚަބަރަކީ މެލޭރިއާއަށް ވެކްސިން ހޯދުނުކަމުގެ ޚަބަރު: ނަޝީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިވެހިން މި ގައުމީ ދުވަހާ ކުރިމަތިލާއިރު ލިބޭ އުފާވެރި ޚަބަރަކީ މެލޭރިއާއަށް ވެކްސިނެއް ހޯދިއްޖެކަމުގެ އުފާވެރި ޚަބަރުކަމުގައި ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުގުޑާ ފަދަ ގައުމިއްޔަތަކާއި ފުރިހަމަ ސިއްހަތާއި އިންސާފުވެރިކަމާއި ޑިމޮކްރަސީ އަދި ހަރުދަނާ އިގްތިސާދެއް ބިނާ ކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.

"ގައުމީ ދުވަހުގެ ތަހުނިޔާ. ދިވެހިން މި ގައުމީ ދުވަހާ ކުރިމަތިލާއިރު ލިބޭ އުފާވެރި ޚަބަރަކީ މެލޭރިއާއަށް ވެކްސިނެއް ހޯދިއްޖެ ކަމުގެ ޚަބަރު. ނުގުޑާ ފަދަ ގައުމިއްޔަތަކާ ފުރިހަމަ ސިއްހަތެއް. އިންސާފުވެރިކަން. ޑިމޮކްރަސީ އަދި ހަރުދަނާ އިގްތިސޯދެއް ބިނާ ކުރުން ކޮންމެހެން ވެސް ބޭނުންތެރި" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

މެއިމަހުގެ 6 ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ހުންނެވީ އަދިވެސް ރާއްޖޭން ބޭރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!