އެޑްވަޓޯރިއަލް

މިރޭ 12އިން ފެށިގެން އައިފޯން 13އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިރޭ ދަންވަރު 12:00އިން ފެށިގެން އެޕަލްގެ އެންމެ ފަހުގެ އައިފޯން 13 ސީރީޒް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވައިލައިފިއެވެ.

Ads by MWSC

އުރީދޫން ބުނީ މިރޭ 12ގެ ފަހުން އައިފޯން 13 ގެ މޮޑެލްތައް ކަމަށްވާ އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް، އައިފޯން 13، އަދި އައިފޯން 13 މިނީ ޕްރީ އޯޑަރަށް ހުޅުވައިލާނެ ކަމަށެވެ.

މި ފޯނުތަކަށް ޕްރީ އޯޑަރަށް ހުޅުވާލާނީ، އީ ކޮމާސް ޕްލެޓްފޯމް އުރީދޫ މޫލީންނެވެ.

އެ ކުންފުނިން އިތުރަށް ބުނެފައި ވަނީ މި ފޯނުތަކުން އުރީދޫގެ 5ޖީ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

އެޕަލްގެ އެންމެ ފަހުގެ އައިފޯން 13 ސީރީޒްގައި އައިފޯން 13 ޕްރޯއާއި ޕްރޯ މެކްސް ވެސް ވަރަށް ތަފާތެވެ. އެގޮތުން އައިފޯން ޕްރޯގައި އޭ15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އައު ތިން ކެމެރާ ވަނީ ހިމަނައިފައެވެ. އަދި ޑިސްޕްލޭ ވެސް ވަނީ 120 ހާޓްޒްއަށް މަތިކޮށްފައެވެ.

އައިފޯނުގެ ކުރީގެ ސީރީޒްތަކާ އަޅައިބަލާއިރު މި ސީރީޒްގެ ޕްރޯއާއި ޕްރޯ މެކްސްގެ ކެމެރާގެ ކޮލިޓީ ވަނީ ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. ކެމެރާތަކަށް ގެނައި ބަދަލުގައި ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ނެގުމަށް ވެސް ހާއްސަވާނެއެވެ.

އުރީދޫ މެދުވެރިކޮށް މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް https://moolee.mv މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!