ރާއްޖޭ ކުޅިވަރު ކުޅިވަރު ފުޓްބޯޅަ

ރައީސް އޮފީހަށް އެންމެ ޓިކެޓެއް ވެސް ނުފޮނުވަން: އެފްއޭއެމް

އަލީ ޝިފާޒް ، ދެން އޮންލައިން
ރައީސް ސާލިހު އަދި އެފްއޭއެމްގެ ރައީސް ބައްސާމް

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާއި ސްރީ ލަންކާ ކުޅޭ މެޗަށް ވިއްކުމަށް ހަމަޖެހިފައިވާ 5،000 ޓިކެޓްގެ ތެރެއިން އެންމެ ޓިކެޓެއް ވެސް ރައީސް އޮފީހަށް ފޮނުވައިފައި ނުވާނެ ކަމަށް ފްޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް(އެފްއޭމް) އިން ބުނެފިއެވެ.

Ads by Hajj Corporation

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ އެއްވެސް މިންވަރަކަށް ރައީސް އޮފީހަށް އަދި ރައީސް އޮފީހުގެ މުވައްޒަފަކަށް ވެސް ޓިކެޓެއް ދޫކޮށްފައި ނުވާނެކަމަށެވެ.

“ނޫން. އެއީ ދޮގެއް. ރައީސް އޮފީހަށް އެންމެ ޓިކެޓެއް ވެސް ނުފޮނުވަން.” ޖަވާޒް

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު "ދެން"އަށް ވިދާޅުވީ، ރައީސް އޮފީހުން އެއްވެސް ޓިކެޓެއް ނަގައިފައި ނުވާ ކަމަށެވެ.

މާދަމާގެ މެޗަށް ރައީސް އޮފީހަށް 1600 ޓިކެޓް ގެންދިޔަކަމަށް "ދެން"އަށް މިއަދު ވަނީ މައުލޫމާތު ލިބިފައެވެ. އަދި ޓިކެޓް ހުސްވެފައި ވަނީ ވެސް އެސަބަބުން ކަމަށް ބައެއް ސަޕޯޓަރުން ވަނީ ފާހަގަކޮށް ޝުއޫރު ފާޅުކޮށްފައެވެ.

މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ފަތިހުންސުރެ ގިނަ ބަޔަކު ކިއު ހަދައިގެން ތިބިއިރު، ޓިކެޓް ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެ، އެސަރަހައްދުގައި ބަޔަކު މުޒާހަރާކޮށްފައިވެއެވެ. އަދި ދަނޑު ތެރެއަށް ވަދެގަނެ، ޓިކެޓް ވިއްކު ގޮތުގެ ރިކޯޑް ވެސް ބައެއް މީހުން ބެލިއެވެ.

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 2،500 ޓިކެޓް ހުސްވެ، މާދަމާ ރޭގެ މެޗުން އިތުރު 1000 ޓިކެޓް ވިއްކުމަށް އެފްއޭއެމްއިން ވަނީ ނިންމައިފައެވެ. އެފްއޭއެމްއިން ނެރުުނު ބަޔާނެއްގައި ވިދާޅުވީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް 1000 ޓިކެޓް ވިއްކަން ނިންމައިފައިވާ ކަމަށެވެ. މިއާއެކު ޓިކެޓް ނުލިބިގެން މުޒާހަރާ ކުރަމުން ދިޔަ ބައެއް ފަރާތްތަކުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައެވެ.

މާދަމާ ހަވީރު ރާއްޖެ ނިކުންނާނީ ލަންކާއާއި ދެކޮޅަށެވެ. ރާއްޖެ މުބާރާތުގައި ކުޅުނު ދެ މެޗްގައި ވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ގައުމީވަންތަ ސަޕޯޓެކެވެ.

Ads by Ooredoo
  1. ރަދީފް

    ޖަވާ ކަލޭ ދޮގު ހަދާނެކަމެއް ނެތް.ލަދު ކޮބާ؟؟؟

  2. ޓިކެޓް ނުލިބިގެން އުޅޭ ފަރާތެއް

    ދެން ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކުން އެކަނި ސަޕޯޓް ދީ

  3. ޙަދަނު

    މިކަމުގަ ރައީސް ސޯލިހު އިސްތިއުފާ ދޭން ނުޖެހޭތަ.

  4. އަލިބެ

    ކަޅުބާޒާރުގަ އަގުބޮޑުކޮށްވިއްކަން ފޮރުވީދޯ