ބޮލީވުޑް

އަމީތާބު ބަނގުރޫޓްވުމުން އެހީވީ ކާކުކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކްޓަރުންނަކީ ވެސް މިދުނިޔެމަތީގައި ގުނައިލެވޭ މުއްސަނދިންގެ ތެރެއިން ހިމެނިގެންގާ ބައެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ. ޚާއްސަކޮށް ނަން މަޝްހޫރު ބޮލީވުޑްގެ އެކްޓަރުންނަކީ އެންމެ މުއްސަނދި އެއް ބަޔަކުކަން ގިނަ މީހުންނަށް ހާމަވެ، އެ ފަންނާނުން ފަދައިން ވެވުނު ނަމައޭ ހިތަށް އަރާ މީހުން ވެސް މަދެއް ނޫނެވެ.

Ads by Sosun Fihaara

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބަޗަންއަކީ ވެސް އެފަދަ އެކްޓަރެކެވެ. ފިލްމީ ދާއިރާގައި އެތައް އަހަރެއް ހޭދަ ކޮށްފައިވާ އިރު، އޭނާގެ އަތުގައި އެތައް ބައިވަރު މުދަލަކާއި ފައިސާއެއް އެބަހުއްޓެވެ.

ނަމަވެސް އެ މުއްސަނދި ކަމަކީ އަބަދު އަމީތާބުގެ އަތުގައި ހުރި އެއްޗެއް ނޫނެވެ. ދިރިއުޅުމުގައި މީގެ ކުރިން ވީ ކަމެއްގެ ސަބަބުން އަމީތާބު ވަރަށް ބޮޑަށް ބޭންކްރަޕްޓްވެ، އަތްމަތި އެއްކޮށްހެން ހުސްވި ކަމަށް އޭނާ ކިޔައިދިނެވެ.

މިއަދަކީ އަމީތާބްގެ 80ވަނަ އުފަން ދުވަސް ކަމަށްވާތީ އޭނާ ވަނީ އިންޑިއާގެ ނޫހަކަށް އެ ވާހަކަތަށް ހިއްސާ ކޮށްފައެވެ.

"އެއީ 1990 ވަނަ އަހަރު. އަހަރެން ހުޅުވިން އޭބީސީޑީ ކިޔައި ކޮމްޕެނީއެއް. ނަމަވެސް ވިޔަފާރި އެއްވެސް ގޮތަކަށް ކުރިއަށް ނުގޮސް، އެ ވިޔަފާރި ބަނގުރޫޓްވީ. އެއާ އެކު އަހަރެން ވެސް ބަނގުރޫޓުވި. ގޭގައި ކާނެ އެއްޗެއް ވެސް ގިނަ ފަހަރަށް ނުހޯދުނު. ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް އަހަންނާއި ޖަޔާ ވަރަށް ބޮޑަށް މާޔޫސްވި" އަމީތާބު ބުންޏެވެ.

އަމީތާބު ބުނިގޮތުގައި އެއިރު އޭނާ އެ އަޑިގަނޑުން ސަލާމަތް ކުރީ ޔަޝްރާޖް ފިލްމްސްއިންނެވެ. އޭނާއަށް އެއްވެސް މަސައްކަތެއް ނުލިބި، ގޮތް ހުސްވެފައި ވަނިކޮށް ޔަޝްރާޖްއިން އަމީތާބަށް މަސައްކަތް ދީ އެހީތެރިވި ކަމަށް އަމީތާބް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!