Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުރިއަށް އޮތް 5 ދުވަހު ކަނޑު ގަދަވާނެ ކަމަށް ލަފާ ކޮށްފި

ކުރިއަށް އޮތް 5 ދުވަހު ކަނޑު ގަދަވާނެ ކަމަށް ލަފާ ކޮށްފި

ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާ ގުޅިގެން ކުރިއަށް އޮތް ފަސް ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުއަތޮޅުތަކުގެ ކަނޑުތައް ގަދަވެ އެ ސަރަހައްދުތަކުގައި ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމަށް މި އަންނަ ބަދަލާ ގުޅިގެން ހުރިހާ ރައްޔިތުން ވެސް ސަމާލުވެ ތިބުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް