ޚަބަރު އިޖުތިމާޢީ

ރައީސް ޔާމީން ވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް: މަހްލޫފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތައިލާ ކަމެއް ކަމަށާއި ރައީސް ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ގައުމީ ޓީމް މިއަދު ޕްރެކްޓިސްއަށް ދިޔަ ވަގުތު ގައުމީ ޓީމަށް ހިތްވަރު ދެއްވުވުމުގެ ގޮތުން ރައީސް ޔާމީން ވަނީ އަތުގެ އިޝާރާތުން ކުޅުންތެރީންނަށް ހަނާ އަޅުއްވައިފައެވެ. މި ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓްގައި ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

"ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް. ރައީސް ޔާމީން ވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް. ޝުކުރިއްޔާ" މިނިސްޓަރ މަހްލޫފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ގައުމީ ޓީމްގެ މެމްބަރުން މިރޭ ޕްރެކްޓިސްއަށް ދިޔަ ވަގުތު ރައީސް ޔާމީން ހުންނެވީ ގައުމީ ޓީމްގެ ޖޯޒީއެއް ތުރުކުރައްވައިގެން ކުޑަދޮރު ކައިރިއަށް ނުކުމެވަޑައިގެންނެވެ. އަދި ގައުމީ ޓީމް ޕްރެކްޓިސްއަށް ސިފައިންގެ ބަހުގައި ބޮޑުތަކުރުފާނު މަގުން ދިޔަ ވަގުތު ރައީސް ޔާމީން ވަނީ ޓީމަށް ހަނާ އަޅުއްވައި ހިތްވަރު ދެއްވައިފައެވެ. މިއާއެކު ޓީމްގެ ކުޅުންތެރިން ވެސް ވަނީ ރައީސް ޔާމީނާ އަތުގެ އިޝާރާތުން ސަލާމް ކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާރޭ ރާއްޖެއާއި އިންޑިޔާ ނުކުންނަ މެޗަކީ ދެ ގައުމަށް ވެސް މުހިންމު މެޗަކަށްވާއިރު ދިވެހި ސަޕޯޓަރުން ދަނީ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!