މެދުއިރުމަތި ދުނިޔެ

ލުބުނާނުގެ ތެލުގެ ކާރިސާ: ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ލުބުނާން އިން ތެޔޮ ހުސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

Ads by Sosun Fihaara

ލުބުނާނުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނާގޮތުގައި ފިހާރައިގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުންތަކަށް ނޫނީ ހަރަދު ނުކުރާކަމަށެވެ.

"ގިނަ މީހުންނަށް ފައިސާގެ ދަތިކަން ދަނީ ކުރިމަތިވަމުން. މީހުން އެދޭ ފަހުން ފައިސާ ދައްކަން މުދާ ގެންދިޔުމުގެ ހުއްދައަށް ވެސް" ލުބްނާނުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ފިހާރަތަކުގައި ގިނަ އަދަދަކަށް މުދާ ހުރި ނަމަވެސް ރައްޔިތުންނަށް ފައިސާގެ ދަތިކަން ކުރިމަތި ވުމުގެ ސަބަބުން ކޮންމެހެން ބޭނުން މުދަލެއް ނޫނީ ނުގަނެއެވެ. އެގޮތުން ކޮފީ ފަދަ ތަކެތި އެއްގޮތަކަށް ވެސް ނުގަންނަ ކަމަށާއި ގިނަ މީހުން ގަންނަނީ ތަރުކާރީއާއި ބްރެޑްގެ ބާވަަތްތައްކަމަށް އެމީހުން ބުނެއެވެ.

ފާއިތުވި ދެއަހަރުން ފެށިގެން ލުބްނާނުގައި ކާބޯތަކެތީގެ އަގު ބޮޑުވަމުން އައިސްފައިވީ ނަމަވެސް ކުއްލިއަކަށް އަގުތައް މާ ބޮޑަށް މައްޗަށް ގޮސްފައި ވަނީ މިހާރު ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން ކަމަށް ވޯލްޑް ފޫޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ބުނެއެވެ.

އެގައުމުގެ ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ކާބޯތަކެތީގެ އަގު މައްޗަށް ގޮސްފައި ވަނީ އަމިއްލަ އިންޖީނުގެތަކުން ކަރަންޓް ހޯދުމަށް ބޮޑު ފައިސާގެ އަދަދުތަކެއް ދައްކަންޖެހޭތީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!