ބޮލީވުޑް މުނިފޫހިފިލުވުން

ދަރްމެންދުރާ އެންމެ ފުރަތަމަ ކާރެއް ގަތީ ހައިރާންވާހާ ކުުޑަ އަގަކަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރ ދަރްމެންދުރާއަކީ މިހާރު ވެސް އެފަދަ ދެވަނަ އެއް ނެތް ފަންނާނެކެވެ. އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވެސް އެތައް ބައެއްގެ ނަޒަރު ހުއްޓިފައިވާ މިފަންނާނު މިވަނީ ދާދިފަހުން އޭނާ އެންމެ ލޯބިވާ "ބޭބީ" ފޭނުންނަށް ދައްކައިލައިފައެވެ.

Ads by Hajj Corporation

ދަރްމެންދުރާގެ އިންސްޓަރގްރާމްއަށް ދޫކޮށްލައިފައިވާ ވީޑިއޯގައި ވަނީ އޭނާ އެންމެ ފުރަތަމަ ގަތް ކާރު ދައްކައިލައިފައެވެ. އަދި 1960 ވަނަ އަހަރު އޭނާ ގަނެފައިވާ މިކާރުގެ ބައެއް މައުލޫމާތު ވެސް ފޭނުންނާ ވަނީ ހިއްސާކޮށްފައެވެ.

"އެކުވެރިންނޭ. މިއީ އަހަރެންގެ ފުރަތަމަ ކާރު. އަހަރެން މީތި ގަތީ 18 ހާސް އިންޑިއަން ރުޕީސްއަށް. އެ ދުވަސްވަރު އެއީ ވަރަށް ރަނގަޅު ޑީލެއް. އަހަރެން މިކާރު ގެންގުޅެނީ ވަރަށް ރީތިކޮށް." އޭނާގެ ކާރާއެކު ލިޔެފައިވާ މެސެޖުގައި ބުނެފައިވެއެވެ.

1960ވަނަ އަހަރު އޭނާ ގަތް މިކާރަކީ އެޒަމާނުގެ އެންމެ އަގުހުރި ވައްތަރު ކަމުގައިވާ "ފިއެޓް" ކާރެކެވެ. މިކާރާ އެކު ދަރްމެންދުރަ ކުރި ޕޯސްޓަށް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ކޮމެންޓްކޮށްފައެވެ. މިގޮތުން ދަރުމެންދުރާގެ ދަރިފުޅު ބޮބީ ޑިއޯލް އަދި މަނީޝް ޕޯލްގެ އިތުރުން ނީލް ނިތިން މުކޭޝްއަށް ވެސް ވަނީ މި ކާރު ވަނީ ވަރަށް ކަމު ގޮސްފައެވެ.

ބޮލީވްޑްގެ "ޑްރީމް ގާލް" ހެމާ މާލިނީއާ ކައިވެނިކޮށްގެން އުޅޭ ދަރުމެންދުރާގެ ދަރިންނަކީ ވެސް ބޮލީވުޑްގެ ކާމިޔާބު ފިލްމްތަކަކުން ފެނިގެން ގޮސްފައިވާ ބައެކެވެ.އޭނާގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "ސީތާ އޯރް ގީތާ" އަދި "އަންކަހޭ" ފަދަ ފިލްމްތައް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!