ފުޓްބޯޅަ

ނޭޕާލް ސާފްގެ އަލަތު ފައިނަލަށް، މަރުޙަބާ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަދު ހަވީރު ކުޅުނު އުރީދޫ ސާފް ޗެންޕިއަންޝިޕް މުބާރާތުގެ ނޭޕާލް އަދި ބަންގާޅު ބައްދަލު ކުރި މެޗް، 1-1ގެ ނަތީޖާއަކުން އެއްވަރުވެ، ފައިނަލަށް ނޭޕާލް ދަތުރުކޮށްފިއެވެ.

Ads by Sosun Fihaara

މިއަހަރުގެ މުބާރާތުގައި ނޭޕާލުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މިގޮތުން ފުރަތަމަ ރާއްޖެއާ ބައްދަލު ކުރި މެޗުން ނޭޕާލުން ތާރީޚީ މޮޅެއް ހޯދިއިރު، ލަންކާ ކައިރިން ވެސް ނޭޕާލުން ވަނީ ކުރި ހޯދައިފައެވެ. އަދި އިންޑިއާ އެއްވަރުކޮށް ނޭޕާލް މި ވަގުތު އޮތީ ތާވަލްގެ އެއްވަނައިގައެވެ. ނޭޕާލުން ފައިނަލަށް ދަތުުރުކޮށްފައި ވަނީ 7 ޕޮއިންޓާއެކުގައެވެ.

މިއީ ސާފް ޗެންޕިއަންޝިޕްގައި ނޭޕާލުގެ ޓީމު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއަދުގެ މެޗުން އެއްވަރު ވުމާއެކު ބަނގްލަދޭޝް އޮތީ ފަސް ޕޮއިންޓާއެކުގައެވެ. ދެން ފައިނަލަށް ދާނެ ޓީމެއް ކަށަވަރުވާނީ މިރޭ ރާއްޖެ-އިންޑިއާ ބައްދަލު ކުރާ މެޗަށް ފަހުގައެވެ.

ސާފް ޗެންޕިއަންޝިޕްގައި ނޭޕާލަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1993ވަނަ އަހަރު ތިންވަނަ ލިބުމެވެ. މިއަހަރުގެ މުބާރާތަށް ނޭޕާލުން ކުރިމަތިލީ ވަރުގަދަ ސްކޮޑަކާއެކު ތަށި ނެގުމުގެ އުންމީދުގައެވެ.

މެޗުގެ ފުރަތަމަ ގޯލް ޖަހައިފައި ވަނީ، 6 ވަނަ މިނެޓްގައި ބަނގްލަދޭޝްގެ ސުމަން ރިޒާއެވެ. މިއަދުގެ މެޗުން ނޭޕާލް މެޗުގެ ނަތީޖާ އެއްވަރުކޮށްފައި ވަނީ، މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދީފައި ވަނީ އަންޖަން ބިސްތާއެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުރީ ކޮޅު ބަނގްލަދޭޝްއިން ކާމިޔާބު ކުރި ގޯލާއެކު އެ ޓީމުން ކުޅެމުން ދިޔައީ ޑިފެންސަށެވެ. އަދި ކައުންޓަރ އެޓޭކްތަކުގައި ނުރައްކާ އުފައްދައެވެ. އެހެން ނަމަވެސް އިތުރު ގޯލެއް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. ނޭޕާލުން ވެސް ރަނގަޅު އެޓޭކްތަކެއް ކުރި ނަމަވެސް، އެ ޗާންސްތަކުގެ ބޭނުން ކުރެވިފައެއް ނުވެއެވެ.

މެޗުގެ 79 ވަނަ މިނެޓްހައި ބަނގްލަދޭޝްގެ ކީޕަރަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ރަތް ކާޑެއް ދައްކައިފައި ވަނީ ކީޕަރު އަނީސުރް ރަހުމާން ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުންނެވެ، ބަންގާޅުން ޕެނަލްޓީ އޭރިއާގެ ތެރޭގައި ކުރި ފައުލަކާ ގުޅިގެން މެޗުގެ 86 ވަނަ މިނެޓްގައި ނޭޕާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. 88 ވަނަ މިނެޓްގައި މި ޕެނަލްޓީން ނޭޕާލް ވަނީ ސާފްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފައެވެ.

މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރު ވެގެންނެވެ.

ސާފްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. ރާއްޖެ-އިންޑިއާ ބައްދަލު ކުރާ މެޗް މިރޭ 9 ޖަހާއިރު އޮންނާނެއެވެ.

Ads by Allied Insurance
  1. ޙަސަނާ

    ކާކު ކަލޭ ގާތު ބުނީ، މި މުބާރާތުގައި ނޭޕާލް އިންޑިޔާއާ އެއްވަރުކުރި ވާހަކަ. ނޭޕާލް-އިންޑިޔާ މެޗުން 1-0 އިން އިންޑިޔާ މޮޅުވީ. ނޭޕާލަށް 7 ޕޮއިންޓް ލިބުނީ، ރާއްޖެ އަތުން 1-0 އިން މޮޅުވެގެން ލިބުނު 3 ޕޮއިންޓާއި ލަންކާ އަތުން 3-2 އިން މޮޅުވެގެން ލިބުނު 3 ޕޮއިންޓާއި މިއަދުގެ މެޗު ބަންގްލާދޭޝްއާ 1-1 އިން އެއްވަރުވެގެން ލިބުނު 1 ޕޮއިންޓް (7=1+3+3) އާއެކު. ތަންދޮރު ނޭނގުނަސް އެއްޗެހި ލިޔާތި.