ފުޓްބޯޅަ

ރޮނާލްޑޯ އިފެކްޓް؛ އައްނަސްރުގެ އިންސްޓަގްރާމް އެކައުންޓަށް އެތައް މިލިޔަން ފޮލޯވަރުންނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޭގެ އެންމެ ބޮޑު ޚަބަރަކަށް ވެގެން ދިޔައީ ޕޯޗުުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ ޓީމަކަށް ސޮައި ކުރި ޚަބަރެވެ.

Ads by MWSC

ބޮޑު ފޭން ބޭސްއެއް އޮންނަ ރޮނާލްޑޯގެ މި ނިންމުން ވެގެން ދިޔައީ ގިނަ ބަޔަކު ސިއްސުވާލި ޚަބަރަކަށެވެ. ރޮނާލްޑޯގެ މުސާރަ އަހަރަކު 214 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް އެކަމަށްވުރެ ބޮޑަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ކަމަކީ މެންޗެސްޓަރ ޔުނައިޓެޑާ މައްސަލަޖެހި އެ ކުލަބުން ރޮނާލްޑޯ ދޫކޮށް،ސައުދީ އަރަބިޔާގެ އައްނަސްރުން ރޮނާލްޑޯ ގަތުމާއެކު އައްނަސްރްގެ އިންސްޓަގްރާމަށް ލިބުނު ފޮލޯވަރުންނެވެ.

އެ ކުލަބުގެ ރަސްމީ އިންސްޓަގްރާމް ފޮލޯކުރާ މީހުންގެ އަދަދަކީ 860 ހާސް މީހުންނެވެ. ނަމަވެސް ރޮނާލްޑޯގެ ސޮޔާއެކު މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެ ކުލަބަށް ފޮލޯކުރާ އިންސްޓަގްރާމް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މިހާރު އެކްލަބުގެ އެކައުންޓްގައި 4 މިލިޔަނެއްހާ ފޮލޯވަރުން އެބަތިއްބެވެ. މިއަދަދު ދަނީ އިތުރުވަމުންނެވެ.

ސްޕޯޓިން، މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އަދި ޔުވެންޓަސްއަށް ކުޅެފައިވާ ރޮނާލްޑޯ، މިއީ ރޮނާލްޑޯ ޔޫރަޕުން ބޭރުގެ ކުލަބަކާ ގުޅުނު ފުރަތަމަ ފަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!