ވޯލްޑްކަޕް ނިންމާލުމަށްފަހު ފީފާގެ ރައީސް ރާއްޖެއަށް

ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަތުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެއަށް އައިސްފައިވަނީ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ވޯލްޑްރޮފް އެސްތޯރިއާގައެވެ.
އިންފަންޓީނޯ ރާއްޖެ އައިސްފައިވާއިރު، ވޯލްޑަކްޕް ކުޅުނު ދުވަސްވަރު ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން މުބާރާތުން ޓީމު ކެޓުމުން ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެއަށް އައީ ހަ މީހުންނާއެކު ޕްރައިވެޓް ޖެޓެއްގައެވެ.
ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 18އަށް ޤަތަރުގައި ކުރިޔަށް ދިޔަ މި އަހަރުގެ ވޯލްޑްކަޕަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.