ޚަބަރު ސަރުކާރު

ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި ހިތްވަރާއި މަސައްކަތަށް ތަޢުރީފު ހައްޤު: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

އޫރީދޫ ސާފް ޗެމްޕިއަންޝިޕް 2021އަށް ދިވެހިރާއްޖެ އަލްވަދާޢު ކިޔަން ޖެހުނު ނަމަވެސް، ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި ހިތްވަރާއި، ޓީމުގެ މަސައްކަތަށް ތަޢުރީފު ހައްޤުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޞާލިޙު ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި މޮޅު ކުޅުމާއި އާދަޔާ ޚިލާފު ރޫޙަކީ ތަޢުރީފު ހައްޤު ކަންތައްތަކެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ކާމިޔާބުކުރެވޭ ގޮތް ނުވި ނަމަވެސް، ކުރިއަށްއޮތްތާނގައި ޓީމު އިތުރަށް ވަރުގަދަވެގެން ދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021ގައި ރާއްޖެ ކުޅުނު ހަތަރު މެޗު ބައްލަވައިލައްވަން ދަނޑަށް ވަޑައިގެންފައެވެ.

ރޭ ކުރިޔަށް ދިޔަ މެޗް ބައްލަވައިލެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ރާއްޖޭ ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރޭ ކުޅުނު މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވުމާއެކު ފައިނަލުން ރާއްޖެއަށް ވަނީ ޖާ ގަގެއްލިފައެވެ. ރޭގެ މެޗުގައި 3 ލަނޑު 1 ލަނޑުން ކުރިހޯދައި މެޗް ކާމިޔާބުކުރީ އިންޑިއާގެ ޓީމެވެ. މި ނަތީޖާއާ އެކު އިންޑިއާގެ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!