ޚަބަރު އިޖުތިމާޢީ

މަހްމޫދުގެ ހަށިގަނޑުން ޓެސްޓްތަކެއް ހެދުމަށް މާލެ ގެނެސްފި، ޖަނާޒާ އޮންނާނީ ދަނގެތީގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަނިޔާވެރި ގޮތަކަށް މަރައިލުމަށް ފަހު އދ. ދަނގެތީ ވަޅެއްގެ ތެރެއަށް ފައްތައިފައި އޮއްވާ އިއްޔެ ފެނުނު އެ ރަށު މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

Ads by MWSC

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މާލެ ގެނެސްފައި ވަނީ އޭނާގެ ހަށިގަނޑުން ޓެސްޓްތަކެއް ހެދުމަށެވެ. އަދި އެ ޓެސްޓުތައް ހެދުމަށް ފަހު މިއަދު މަހްމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންދާނެއެވެ. މަހްމޫދުގެ ޖަނާޒާ އޮންނާނީ ދަނގެތީގައެވެ.

އެ ރަށުން "ދެން"އަށް މައުލޫމާތު ދިން މީހަކު ބުނީ، އުމުރުން 57 އަހަރުގެ މަހްމޫދު މަރައިލައިފައި އޮއްވާ ފެނުނު އިރު އޭނާ އޮތީ ގޯންޏަކަށް ލައި، ފައި އައްސައިފައި އެކޮޅު ކޮޅުން ވަޅަކަށް ތިރި ކޮށްފައެވެ

މަހްމޫދު ފައްތައިފައި އޮތް، ވަޅުގެ މަތި ވެސް ހުރީ ޖަހައިފައެވެ.

މިމައްސަލައިގެ އެރަށު މީހުން ނުކުމެ ތިން މީހުން ފުލުހުންނާއި ހަވާލުކޮށްފައިވީ ނަމަވެސް އެމީހުން ހައްޔަރުކޮށްފައި ނުވާކަމަށާއި އެމީހުނަށް "ހިމާޔަތް" ދިނީ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އދ. ދަނގެއްޗަށް ސީރިއަސް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރުން ވަނީ ގޮސްފައެވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށާއި އަދި އިހާނެތިގޮތަކަށް މަހްމޫދު މަރައިލުމުގައި ބައިވެރިވި މީހުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

Ads by Ooredoo
  1. މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިންސާފުވެރި ތަޙްޤީޤެއް ހިންގާނަމޯލަ!
    އާނ އެހެންވީމާދޯ ރައްޔިތުން ފުލުހުންނާ ޙަވާލުކުރި މީހުންނަށް ހިމާޔަތްދީގެން އެއުޅެނީ އަހަންނަށް ހީވަނީ ފުލުހުންވެސް މިމަރުގެ އަޑީގައި ބައިވެރި ވާހެން