ޚަބަރު އިޖުތިމާޢީ

މަހްމޫދުގެ މަރު: ތުހުމަތު ކުރެވޭ މީހުން ރަށުން ބާލައިފި، ޖަނާޒާ އަޞުރު ނަމާދަށް ފަހު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަނިޔާ ވެރިގޮތަކަށް މަރައިލުމަށް ވަޅަކަށް ވައްޓައިލައިފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ރަށުން ބާލައިފިއެވެ.

Ads by MWSC

"ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލް މެމްބަރު ނައީމާ އަހުމަދު ވިދާޅުވީ އެ ދެމީހުން ރަށުން ބާލައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ރައްޔިތުން ނުކުމެ އިއްޔެ އެމީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ. ދެން މިއަދު ހެނދުނު އެމީހުން ރަށުން ބާލައިފައިވާކަމަށް އަޅުގަނޑަށް ވެސް ނުރަސްމީކޮށް ވަނީ މައުލޫމާތު ލިބިފައި" ނައީމާ ވިދާޅުވިއެވެ.

މަހްމޫދަށް އަނިޔާކޮށް މަރައިލި ކަމަށް ތުހުމަތުކޮށްފައި ވަނީ އެރަށުގައި އުޅޭ އެހެން ރަށެއްގެ ދެމީހަކަށެވެ. ދަނގެތީ ރައްޔިތުން ބުނާ ގޮތުގައި މަސްތުވާތަކެތި ބޭނުންކޮށް ވައްކަން ކުރުން ފަދަ ކަންކަން ކުރި ނަމަވެސް ދަނގެތީ މީހުންނަކީ މީހެއްގެ ޖިސްމަށް އަނިޔާއެއް ދޭނެ ބައެއް ނޫނެވެ. އެރަށު ރައްޔިތުން ބުނާ ގޮތުގައި މަހްމޫދު މަރައިލީ އެރަށުގައި އުޅޭ މި ދެމީހުންކަން ދަނގެތި ރައްޔިތުންނަށް ޔަގީނެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނުތާ ގަޑިއެއް ހާއިރު ވެސް ނުވަނީސް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ރައްޔިތުން ނުކުމެ ފުލުސް އޮފީހާ ހަވާލުކޮށްފައެވެ. އަދި މި މީހުންނާ ގުޅުހުން ހުރި އިތުރު މީހަކު ރޭ ވެސް ރައްޔިތުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މަހްމޫދުގެ މަރުގެ މައްސަލައިގައި ރައްޔިތުން ނުކުމެ 3 މީހުން ފުލުހުންނާ ހަވާލު ކުރިނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މަރައިލައިފައި އޮއްވާ އިއްޔެ ފެނުނު މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓްތަކެއް ހެދުމަށް ފަހު މިހާރު ވަނީ އަނބުރައި ރަށަށް ގެންގޮސްފައެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު ކުރުން އޮތީ އަޞްރު ނަމާދަށް ފަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!