Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަހުމޫދުގެ މަރާ ގުޅިގެން ގެއެއް ފާސްކޮށް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަހުމޫދުގެ މަރާ ގުޅިގެން ގެއެއް ފާސްކޮށް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަނިޔާވެރި ގޮތަކަށް މަރައިލައިފައިވާ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެ ރަށުގެ ގެއެއް ފުލުހުން ބަލައި ފާސްކޮށް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާ އެ ރަށުގައި އުޅޭތާ މިހާރު 4 އަހަރު ވަނީ ވެފައެވެ. ފުލުހުން ބަލައި ފާސްކޮށްފައި ވަނީ އެ ރަށުގެ އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއެކެވެ. އަދި އެ ގެއިން ފުލުހުން ގެންދިޔައީ އެ މީހާ ބަލަން އެ ގޭގައި ހުންނަ ބިދޭސީ މީހާއެވެ.

އަނިޔާ ވެރިގޮތަކަށް މަރައިލައިފައި އޮއްވާ އިއްޔެ ފެނުނު ގިނަ ބައެއްގެ ލޯބި ލިބިފައިވާ ވިޔަފާރި ވެރިޔާ، އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ ޖަނާޒާ އިއްޔެ އަޞްރު ނަމާދަށް ފަހު ވަނީ ބާއްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

މަރައިލުމަށް ފަހު ވަޅަކަށް ލައިފައި އޮއްވާ ފެނުނު މަޙްމޫދު މަރައިލުމާ ގުޅިގެން ޝައްކު ކުރެވޭ ތިން މީހަކު ފުލުހުންގެ އިދާރާއަށް ރައްޔިތުން ވެގެން ގެންގޮސްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް