Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މަހްމޫދުގެ މަރު: ރޯކޮށްލި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް

މަހްމޫދުގެ މަރު: ރޯކޮށްލި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރައިލައި ވަޅަކަށް ފައްތައިފައި އޮއްވާ ފެނުނު އެރަށު މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ރައްޔިތުން ތުހުމަތުކޮށްފައިވާ ދެމީހުން ގެންގުޅުނު ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަހްމޫދު މަރައިލައިފައި އޮއްވާ ފެނުމާ އެކު އެކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވުނު ދެމީހުން ރައްޔިތުންގެ ނުކުމެ ވަނީ ފުލުހުންނާ ހަވާލުކޮށްފައެެވެ. އަދި އެމީހުން ގެންގުޅޭ ސައިކަލު ވެސް އެ ދުވަހު ވަނީ ރޯކޮށްލައިފައެވެ.

ރައްޔިތުން ތުހުމަތު ކުރި 3 މީހުން ފުލުހުންގެ ހިމާޔަތުގައި ދަނގެތިން ބާލައިގެން ގެންގޮސް މިހާރު ތިބީ އދ. މަހިބަދޫގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް މަހްމޫދުގެ މަރުގެ މައްސަލައިގައި އެމީހުން ހައްޔަރުކޮށްފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

މަހްމޫދުގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އެންމެ މީހެކެވެ. ސާލިމް ނަމަކަށް ކިޔާ ބިދޭސީ މީހާ އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އަދި މިއަދު ފުލުހުން ވަނީ ތަހުގީގުގެ ބޭނުމަށް އޭނާ ރަށުގެ އެކި ތަންތަނަށް ގެންގޮސްފައެވެ.

މިކަމާ ގުޅޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލު ރައީސް މުއާވިޔަތު ރަޝީދު ވެސް ވިދާޅުވީ ތަހުގީގުގެ ބޭނުމަށް މިއަދު ސާލިމް ނެރެގެން ރަށުގެ އެކި ތަންތަނަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި އޭނާ ދިރިއުޅޭ ގެ ވެސް ހިމެނޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް