Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިން މަހުގެ ކުއްޖާގެ މަރާ ގުޅިގެން ޑޮކްޓަރު ސަސްޕެންޑް ކޮށްފި

ތިން މަހުގެ ކުއްޖާގެ މަރާ ގުޅިގެން ޑޮކްޓަރު ސަސްޕެންޑް ކޮށްފި

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ކުއްޖާ މައްސަލައިގައި އިހުމާލުވި ކަމަށް ބުނާ ޑޮކްޓަރު ސަސްޕެންޑް ކޮށްފިއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މި މައްސަލައިގައި ޑޮކްޓަރަކު ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ތިނަދޫން މިއަދު ނިޔާވީ އުމުރުން ތިން މަހުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވިއިރު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ހުރީ ކަރަންޓީނުގައެވެ. އާއިލާއިން “ދެން”އަށް މަޢުލޫމާތު ދިން ގޮތުގައި އެ ކުއްޖާ ކޮވިޑަށް ފައްސިވިތާ ގާތްގަޑަކަށް 15 ދުވަސް ވެފައިވާކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކުއްޖާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް އެ ހޮސްޕިޓަލުން ފުރަަތަމަ ރިޕޯޓްކޮށްފައި ވީނަމަވެސް އެއީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.

ރޭގެ ވަގުތެއްގައި ކުއްޖާގެ ހާލު ދެރަވުމުން އެ ހޮސްޕިޓަލަށް ގުޅައި އެމްބިއުލާންސް ފޮނުވަން އެދުނު ނަމަވެސް އެމްބިއުލަންސް ނައިސް ދެ ގަޑިއިރުވަރުވި ކަމަށް ކުއްޖާގެ އާއިލާއިން މައުލޫމާތު ދިނެވެ. އަދި ހޮސްޕިޓަލަށް ކުއްޖާ ގެންދެވުނުއިރު ވަރަށް ހާލު ދެރަ ކަމަށާއި ހޮސްޕިޓަލުން އައިވީއެއް ވެސް ނުގުޅާކަމަށް އާއިލާއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް