ޚަބަރު ސަރުކާރު

ރައީސުލް ޖުމްހޫރިއްޔާ އއ އަތޮޅަށް ކުރައްވާ ދަތުރުފުޅު: މަތިވެރި ރައްޔިތުންނާ ބައްދަލު ކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް މިހާރު އަރި އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީ މަތިވެރިއަށް ވަޑައިގަންނަވާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

Ads by MWSC

ރައީސް މިއަދު މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ އެރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވައި ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭކަންކަން އަވަސް ކުރެއްވުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މަތިވެރީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ވަނީ ބަޖެޓްކުރެވިފައި. ބިން ހިއްކުމުގެ މަޝްރޫޢު 2022 ބަޖެޓުގައި ހިމެނޭނެ. ރިޔާސީ ވައުދުތަކާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ ކަންކަން އަވަސް ކުރުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.

އަރިއަތޮޅަށް އެމަނިކުފާނު މިހާރު ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. މިދަތުރުފުޅުގައި މަތިވެރި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރައީސުލް ޖުމްހޫރިއްޔާ ވަނީ ބައްދަލު ކުރައްވާ އެބޭފުޅުގެ މަސައްކަތްތަކާއި ދިމާވަމުންދާ ގޮން ޖެހުންތަކާ މެދު ވާހަކަފުޅު ދައްކަވައިފައެވެ.

އަރިއަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. މަތިވެރީގެ ކުރިން ވަޑައިގެންނެވީ އއ. އުކުޅަހަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!