ދުނިޔެ ޔޫރަޕް

ރަޝިއާގައި އައު ވޭރިއަންޓެއް ވަރަށް ހަލުވި ކަމާއެކު ފެތުރެނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވި މިނުގައި ގައިންގަޔަށް އަރާ ކަމަށް ބެލެވޭ ކޮރޯނާ ވައިރަހުގެ އައު ވޭރިއަންޓާ އެކު ރަޝިއާއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށް އެ ޤައުމުގެ ނޫހެއް ކަމަށްވާ އާރްއައިއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

އޭ.ވައި.4.2 ވޭރިއަންގެ ނަމުން ނަންދީފައިވާ މި ވޭރިއަންޓް ވަރަށް ހަލުވިކަމާ އެކު ފެތުރިގެން ދިއުން އެކަށީގެންވާ ކަމަށް އާރްއައިއޭއިން ވަނީ އެ ސްޓޭޓްގެ ކޮންޒިއުމާ ވޮޗްޑޯގްގެ ސީނިއާ ރިސާޗަރެއް ކަމަށްވާ ކާމިލް ޚަފިޒޯވް އާ ހަވާލާދީ ރިޕޯޓްކޮށްފައެވެ.

މި ވޭރިއަންޓްގެ ސަބަބުން ސަބަބުން ކޮވިޑް-19އަށް ފައްސިވާ މީހުންގެ ރޭޓް ރަޝިއާގައި މިހާރު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފައެވެ.

ރަޝިއާގައްޔާއި ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު އެންމެ ހަލުވި ކަމާއެކު ފެތުރެމުން އަންނަނީ އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓެވެ.

އަލަށް ފެނުނު އައު ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކަމާ އެކު ފެތުރި، ދުނިޔޭގެ ޑޮމިނޭޓް ވޭރިއަންޓަށްވެދާނެ ކަމުގެ ބިރު އޮތްކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ ކޮވިޑް-19 ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ނޮވެންބަރު މަހު ފުރަތަމަ ހަފްތާ އެއްކޮށް ބަންދު ކުރަން ނިންމައިފައެވެ.ކޮރޯނާ ވައިރަސް ޖެހިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ އެކި ކަންކޮޅުތަކުގައި މަރުވި މީހުންގެ އަދަދު 1028އަށް އަރައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!