ދުނިޔެ

ތިން ވަނަ ޑޯޒެއް މުހިންމު ކަމަށް ފައިޒާއިން ބުނެފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފައިޒަރ އަދި ބައޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖެހުމުން، ދެ ޒޯޒް ވެކްސިން ޖަހައިފައިވާ ގްރޫޕަކާ އަޅާބަލާއިރު، ކޮވިޑް-19އާ ދެކޮޅަށް 95.6 ޕަސެންޓް ކާމިޔާބު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެ ކުންފުނިތަކުން ނެރުނު ރިލީސްއެއްގައި ބުނީ މި ބޫސްޓާ ޓެސްޓު ކޮށްފައި ވަނީ އުމުރުން 16 އަހަރާއި އެއަށް ވުރެ ދޮށީ 10،000 ބައިވެރިންގެ ތެރެއިން މީގެ ކުރިން ޓްރަޔަލްތަކުގައި ދެ ޑޯޒް ލިބިފައިވާ މީހުން ކަމަށެވެ. ދެވަނަ ޝޮޓަށް ފަހު 11 ވަރަކަށް މަސް ފަހުން ބޫސްޓާއެއް ދިން ކަމަށާއި ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެސް ބޫސްޓަރ ޝޮޓަށް ފަހު މަސައްކަތް ކުރި ކަމަށް އެ ޓީމުން ބުންޏެވެ. މި ޑޭޓާ އަދި ޕިއަރ ރިވިއުއަށް ހުށަހަޅައިފައެއް ނުވެއެވެ.

ޓްރަޔަލްގެ ނަތީޖާ މި އައީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މޮޑާނާ އިންކްއާއި ޖޯންސަން ޖޯންސަންއިން ކޮވިޑް-19އަށް ދޭ ވެކްސިންގެ ބޫސްޓާ ޑޯޒްތައް ހުއްދަ ދިންތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާގެ ސީޑީސީން މީގެ ކުރިން ފައިޒަރ/ބައޯއެންޓެކްގެ ބޫސްޓަރތަކަށް ހުއްދަ ދީފައެވެ. އޭރު ހުއްދަ ދީފައި ވަނީ އުމުރުން 65 އަހަރާއި އެއަށް ވުރެ ދޮށީ އުމުރުގެ މީހުންނާއި، ގަދަފަދަ ބަލިމަޑުކަމެއްގެ ނުރައްކާ އޮތް މީހުންނާއި، އެމީހުންގެ މަސައްކަތުން ވައިރަސްއަށް ހުށަހެޅޭ މީހުންނަށެވެ.

ފައިޒަރއިން ބުނީ ވެކްސިންގެ ދެ ޝޮޓް ގެ އެފިކަސީ އިތުރު ވޭރިއަންޓަތަކާ އެކު ދަށަށް ގޮސްފައިވާ ކަމަށެވެ. އެފިކަސީއަކީ ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކޮށްދޭ މިންވަރެކެވެ. ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން އެފިކަސީ މީގެ ހަތަރު މަސް ކުރިން 96 އިންސައްތަގައި ހުރި ނަމަވެސް، މިހާރު އެފިކަސީ ހުރީ 84 އިންސައްތައިގައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެ ކުންފުނިތަކުން ބުނީ ޕިއަރ ރިވިއުޑް ޕަބްލިކޭޝަންގެ ޓްރަޔަލްގެ ތަފްސީލީ ނަތީޖާ ވީ އެންމެ އަވަހަކަށް އެފްޑީއޭއަށާއި ޔޫރަޕިއަން މެޑިސިންސް އޭޖެންސީއަށާއި އެހެނިހެން ރެގިއުލޭޓަރީ އޭޖެންސީތަކަށް ހުށަހަޅާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!