ލައިފްސްޓައިލް ލުއި ޚަބަރު

ބޭވަފާތެރި ވެއްޖެނަމަ މައާފު ދެވޭނެތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މައާފު ދިނުމަކީ މުހިންމު ކަމެއް. އެކަމަކު މައާފު ދޭންވާނީ އެކަމަށް ވަރަށް ތައްޔާރުވެގެން.

ތިމާއަށް ދެރަކޮށް ހިތައިފި މީހަކަށް ހަގީގަތުގައި ވެސް މައާފު ކުރެވިދާނެ ހެއްޔެވެ؟ ކަރުނަ އޮހޮރުވައިފި މީހަކާ އެކު އަނބުރާ ގުޅުން އިއާދަކުރެވިދާނެ ހެއްޔެވެ؟ ބައެއް މީހުންނަށް މިއީ ވަރަށް ބޮޑު ޗެލެންޖެކެވެ. ހާއްސަކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ބޭވަފާތެރިވާ މީހަކަށް މިފަދައިން މައާފު ދޭން ގިނަ މީހުން އޮންނަނީ ނުކުޅެދިފައެވެ.

Ads by STELCO

އަނެއްކޮޅުން މިގޮތަށް ކަން ހިނގައިފި ނަމަ އަންނަންވީ ރުޅިކަމެއް ނޫނީ އެކަން ހަނދާން ނައްތައިލައި އައު ފެށުމަކުން ފަށަންވީތޯ ވެސް ގިނަ މީހުން ސުވާލު އުފައްދައެވެ. ހަގީގަތަށް ދަންނަވާ ނަމަ މި ސުވާލުތަކަށް "މިއީ އެންމެ ރަނގަޅު ގޮތޭ" ބުނެ ޖަވާބު ދެވޭނެ ގޮތެއް ނެތެވެ. ދޭނެ ޖަވާބެއް ވެސް ނެތެވެ. އެކަމަކު އެފަދަ ހާލަތްތަކުގައި ރަނގަޅު ގޮތަކީ ކޮބައިކަން ނިންމަން ވާނީ ތިމާ އަމިއްލައަށެވެ. މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ. ހިތުން ޖަވާބު ނުދެވޭ ކަންކަމުގައި ބުއްދީގެ ބޭނުން ކުރާށެވެ.

އިންސްޕިރޭޝަނަލް ސްޕީކާ ދެވީނާ ކޯރް މިކަމާ ބެހޭ ގޮތުން ދާދިފަހުން ވާހަކަ ދެއްކިއެވެ. އޭނާ ބުނީ "ޓޫ ފެޓް ޓޫ ލައުޑް ޓޫ އެންބިޝަސް" މިހެންނެވެ. މާނައަކީ ބޭވަފާތެރިވެއްޖެ ނަމަ، އެއީ ރައްޓެއްސެއް ވިޔަސް، ލޯބިވެރިއެއް ވިޔަސް އެކަން މުޅި ދިރިއުޅުމުން ވަގަށް ނެގި ބައެއްގެ ގޮތުގައި ތިމާގެ ދިރިއުޅުމުގެ ބާކީ އޮތް ހުރިހާ ދުވަހެއްގައި ވެގެން ދެއެވެ.

ދެވީނާ ބުނީ ހިނގައިދިޔަ ކަމަކުން އަރައިގަނެ ކުރިއަށް ދާން ބޭނުންވާ ނަމަ މައާފު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ މައާފު ކޮށްގެން ނޫނީ އަނެކާއަށް ހިތް ސާފު ނުކުރެވޭނެތީއެވެ.

"މައާފު ކުރުމުގެ މާނައަކީ ތިމާއަކީ ހެޔޮ ވިސްނުމެއްގެ ވެރި މީހެކޭ. އިހުސާސްތަކަށް ޒިންމާ ނަގަން އެނގޭ އަރަފޯދިފައިވާ މީހެކޭ. އަނެއްކޮޅުން މާޒީގެ އެއްވެސް ކަމަކާ ހިތާމަކުރަން ހިތުއަޅައިގެން ހުރި މީހެއް ނޫނޭ. ކުރެވޭ ގޯސް ކަންކަމުން ފިލާވަޅު ލިބި އެކަން ރަނގަޅު ކުރުމަށް އަމާޒު ހިފައިފައިވާ މިހެކޭ" ދެވީނާ އިތުރަށް އޮޅުންފިލުވައިދިނެވެ.

މައާފު ކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރުމަށް ޓަކައި ތިމާއަކީ ކާކުކަން އެނގި އެކަން އަމިއްލައަށް ގަބޫލުކުރުން މުހިންމެވެ. ތިމާއަށް ކަމުދާ ކަންކަމާއި އެހެން މީހެއްގެ ފަރާތުން ބޭނުންވާ ކަންކަން ދެނެގަތުން ވެސް މުހިންމެވެ. އަނެކާއަށް ތިމާގެ ދިރިއުޅުމުން ސޮފްހާއެއް ދިނުން ހައްގުތޯ ވެސް ސުވާލު އުފައްދަން ޖެހެއެވެ. ނޫން ނަމަ މައާފުކުރަން އުނދަގޫ ވެދާނެއެވެ. މައާފު ދޭން ނިންމާއިރު ދެން ހިނގައިދިޔަ ކަމެއްގެ ވާހަކަ އަލުން ނުދައްކަން ވެސް އަޒުމު ކަނޑައަޅަންވާނެއެވެ. އެއީވެސް ވަރަށް މުހިންމު ކަމެކެވެ.

އަނެކާއަކީ ކާކުކަން ދެނެގަނެ އެކަން ގަބޫލުކުރުން ވެސް މުހިންމެވެ. މިސާލަކަށް ބޭވަފާތެރިވެއްޖެ ނަމަ ނުވަތަ ކުޑަ ނަމަވެސް ދޮގެއް ހަދައިފިނަމަ އެކަން ކުރީ ކީއްވެތޯ އޭނާއަށް އެކަމަށް މަގުފަހި ކުރުވީ ކޮން ކަމެއްތޯ ދެނެގަތުން ވެސް މުހިންމެވެ. ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް ކަންކަމާ ކުރިމަތިލާން ވާނީ ރުޅިވެރިކަމާއި ކިބުރުވެރިކަމާ އެކުއެއް ނޫނެވެ. އަބަދުވެސް ލޯތްބާއި އޯގާތެރިކަން އިސްކުރަން ވާނެއެވެ. މައާފު ނުކުރެވޭ ނަމަވެސް މެއެވެ.

ދެން ކުރަންޖެހޭ އެންމެ ބޮޑު ސުވާލަކީ ބޭވަފާތެރިވެއްޖެ ނަމަ ނުވަތަ އޮޅުވައިލާ ދޮގުހަދައިފި ނަމަ މައާފު ދެވޭނެ ހެއްޔެވެ؟ ނުވަތަ މައާފު ދޭން ޖެހޭ ހެއްޔެވެ؟ މިސުވާލަށް ޖަވާބުދޭން ވާނީ އަމިއްލައަށެވެ. ހިތަކުން ނޫނެވެ. ސިކުނޑިންނެވެ.

Ads by Allied Insurance
  1. ނުދެވޭނެ