Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސްގެ ދަތުރުފުޅު މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީއަށް

ރައީސްގެ ދަތުރުފުޅު މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީއަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހދ. ކުޅުދުއްފުއްޓަށް އަދި މާދަމާ ދުބާއީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވަނީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ޖަލްސާގައި "ޔޫތު އެވޯޑް" ލިބޭ ފަރާތްތަކަށް އެވޯޑް ދިނުން ވެސް އޮންނާނެއެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙްލޫފް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ޞާލިޙް ދުބާއީއަށް މާދަމާ ވަޑައިގަންނަވަނީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ "ވޯލްޑް އެކްސްޕޯ"ގައި ބައިވެރިވެވަޑައިގަތުމަށެވެ.

"ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިން ދަ ފިއުޗަރ" ޝިއާރުގެ ދަށުން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތުގައި މި އަހަރު 200އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވެއެވެ. ރާއްޖެއިން ވެސް މި އެކްސްޕޯގައި ބައިވެރިވާއިރު، މި އެކްސްޕޯއިން ރާއްޖޭގެ ރީތި ސަގާފަތާއި، އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތައް ފެނިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް