Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

ކުޅުދުއްފުށީ ޓީމާ ބައްދަލުކޮށް ގައުމީ ޓީމަށް ފަސޭހަ މޮޅެއް!

ކުޅުދުއްފުށީ ޓީމާ ބައްދަލުކޮށް ގައުމީ ޓީމަށް ފަސޭހަ މޮޅެއް!

<strong>(ހދ.ކުޅުދުއްފުށިން) </strong>މިއަދު ހަވީރު ހދ. ކުޅުދުއްފުށީ "ޒިގް ޒެގް" ޓާފް ދަނޑުގައި ކުޅުދުއްފުށީ ޓީމާ ރާއްޖޭގެ ޤައުމީ ޓީމު ބައްދަލުކުރި މެޗު، 0-6އިން ޤައުމީ ޓީމު ކާމިޔާބުކޮށްފިއެވެ.

ޒިގްޒެގް ޓާފް ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު އެކުވެރިކަމުގެ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ޢަލީ އަޝްފާޤް (ދަގަނޑޭ)އެވެ.  މިމެޗްގައި ދަގަނޑޭއާއި އަސަދުﷲ ޢަބްދުﷲ (އަސައްކޮ) ވަނީ ދެ ގޯލް ޖަހައިފައެވެ. ގައުމީ ޓީމަށް އިތުރު ގޯލްތައް ޖަހައިދިނީ  އިސްމާޢީލް އީސާ (މެސީ) އާއި އިބްރާހީމް ވަހީދު (އިއްބެ)އެވެ.

ކުޅުދުއްފުށީގައި އައު ޓާފް ދަނޑު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކިކްއޮފްއަކުންނެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_122170" align="alignnone" width="1024"]<img class="wp-image-122170 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/20211023_184756-1024x768.jpg" alt="" width="1024" height="768" /> ކުޅުދުއްފުށީ ޓާފް ދަނޑުގައި މިނިސްޓަރ މަޙްލޫފް ޤައުމީ ޓީމަށް ކުޅެދެއްވަނީ/ ދެން އިމޭޖްސް[/caption]

މިއަދުގެ މެޗުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަޙްލޫފް ވެސް ވަނީ ދެވަނަ ހާފްގައި ކުޅެން ނިކުންނަވައިފައެވެ. މަހުލޫފް ކުޅުއްވީ ގައުމީ ޓީމަށެވެ.<img class="wp-image-122171 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/20211023_184835-1024x768.jpg" alt="" width="1024" height="768" />

ކުޅުދުއްފުށީ ޓާފް ދަނޑުގައި މިނިސްޓަރ މަޙްލޫފް ޤައުމީ ޓީމަށް ކުޅެދެއްވަނީ/ ދެން އިމޭޖްސް

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް