ދުނިޔެ

ކޮލަންބިއާގެ ޑްރަގް ލޯޑް އޮޓޮނިއެލް ހައްޔަރު ކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮލަމްބިއާގެ ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެގައުމުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ޑައިރޯ އެންޓޯނިއޯ އުސުގާ އަތުލައިގެންފިއެވެ.

Ads by Sosun Fihaara

އޮޓޮނިއެލްގެ ނަމުން މަޝްްހޫރު، އޮޓޮފެންސާ ގާއިތާނިސްޓާސް ޑި ކޮލަމްބިއާ ނުވަތަ ގަލްފް ކްލޭންގެ ލީޑަރު ހޮނިހިރު ދުވަހު އަތުލައިގަތީ އުރާބާ ސަރަހައްދުގެ ރަށްފުށު ސަރަހައްދަކުންނެވެ.

ކޮލަމްބިއާގެ މަޝްހޫރު ޑްރަގް ޓްރެފިކް ކުރާ މީހާ ހައްޔަރުކުރުމާ ގުޅިގެން ރައީސް އިވާން ޑުކޭ ވިދާޅުވީ، އޮޓޮނިއަލް ހައްޔަރުކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާއި އެއީ މީގެ އަހަރުތަކެއް ކުރިން ޕަބްލޯ އެސްކޮބާ ހައްޔަރު ކުރުން ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިއީ މި ގަރުނުގައި އަހަރެމެންގެ ގައުމުގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިން އެންމެ ބޮޑު ބޮން،" ނިއުސް ކޮންފަރެންސެއްގައި ޑުކޭ ވިދާޅުވިއެވެ.

"މި ހިޓަކީ 1990 ގެ އަހަރުތަކުގައި ޕަބްލޯ އެސްކޯބާގެ ވެއްޓުން ފަދަ ބޮޑު ހިޓެއް"

އުމުރުން 50 އަހަރުގެ މި ޑްރަގް ލޯޑަކީ އެމެރިކާއިން ވެސް ހޯދަން ބޭނުންވެފައި ހުރި މީހެކެވެ. އެމެރިކާގެ ބްރޫކްލިންއާއި މިއާމީގައި ވެސް ޖިނާއީ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލައިފައިވެއެވެ.

އޭނާ ހައްޔަރު ކުރުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދޭ ފަރާތަކަށް 800،000 ޑޮލަރުގެ އިނާމެއް ކޮލަމްބިއާއިން ހުށަހެޅި އިރު އެމެރިކާއިން ވަނީ އޭނާގެ ހޯދި މީހަކަށް ފަސް މިލިޔަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ.

އެސޯސިއޭޓެޑް ޕްރެސް އޭޖެންސީން ބުނެފައި ވަނީ، އޮޓޮނިއަލް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި އެމެރިކާއާއި އިނގިރޭސިވިލާތުން އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އޮޓޮނިއަލް އަތުލައިގަތުމަށް ޖަންގަލީގެ ރެއިޑްގައި ކޮލަމްބިއާގެ ސްޕެޝަލް ފޯސަސްގެ 500އަށް ވުރެ ގިނަ މެމްބަރުންނާއި 22 ހެލިކޮޕްޓަރު ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!